March 20, 2026
Advertisement
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / ރައްޔިތުންގެ މަޖިލިސް

ދިވެހި ދަރިވަރުން ބޭރުގައި ނިކަމެތިވަމުން އަންނައިރު، އެ ވާހަކަ ދައްކަން މަޖިލީހުން ނުކުޅެދުމަކީ ލަދުވެތިކަމެއް: ނާޒިލް

Aminath Zara
އައިމިނަތު ޒާރާ
Jul 8, 2024, 09:17 PM
މާލެ ސިޓީ

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތައް ނިކަމެތިވެ މަގުމަތިވަމުންދާއިރު، އެ ވާހަކަ ދައްކަން ރައްޔިތުންގެ މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

Advertisement

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ މިއީ ނަމޫނާ މަޖިލީހަކަށް ވާނެކަމަށް ރިޔާސަތުން މީގެ ކުރިން ބުނެފައިވާއިރު ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް އެޖެންޑާ ނުކުރާ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. މިގޮތުން ހޯމަ ދުވަހުގެ އެޖެންޑާގައި އޮތީ ކޮޕީ ރައިޓްސް ބިލު އެކަނި ކަމަށް ނާޒިލް ބުނެފައިވެއެވެ. މީގެ އިތުރުން ނަމޫނަ ދައްކަން ޖެހެނީ ހަމައެކަނި ސަރުކާރުން ފޮނުވާ ބިލުތަކަށް އެކަނިތޯ ނާޒިލު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެ ރިޔާސަތާއި ހަވާލުވެވަޑައިގެން ފެނިގެން ދަނީ މުޅިން އެހެން މަންޒަރެކެވެ. ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތައް ނިކަމެތިވެ މަގުމަތި ކުރަމުންދާތީ އެ ވާހަކަ ދައްކަން މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއްކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، ދަރިވަރުންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ދަރިވަރުންނަށް ފައިސާ ޖަމާކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާ ކަމަށާއި، އެއީ ކޮން އުސޫލަކުން ކިހިނެއް ކުރަމުންދާ ކަމެއްކަންވެސް ސާފު ނުވާ ކަމަށެވެ. މިއަދު އެތައް ދަރިވަރުންނަކަށް ފައިސާ ނުލިބި ނިކަމެތިވެފައިވާކަން މެންބަރު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved