March 11, 2026
Advertisement
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު / ސޯޝަލް މީޑިއާ

ހުއްދަ ނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާނަމަ ފިޔަވަޅު އަޅާނަން: ޝަމްއާން

Aminath Zara
އައިމިނަތު ޒާރާ
Jul 9, 2024, 10:19 PM
މާލެ ސިޓީ

ހުއްދަނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ގާނޫނީ ގޮތުން ކުށެއްކަމާއި، އެކަން ކުރާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހާމަކޮށްފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ބުނެފައިވަނީ އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން، މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށެވެ.

އެފަދަ ފަރާތްތައް އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ދަށުން، 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ މިމަހުގެ ހަތަރު ވަނީ ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑަައަޅައި އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި މިހާރު ވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތައް ހިމެނެއެވެ.

އެހެންކަމުން އެންމެންވެސް މިކަމަށް ސަމާލުވުމަށް ޝަމްއާން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved