March 9, 2026
Advertisement
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު / މަޖިލިސް

ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ފޮނުވައިފިކަމަށް ބުނެ ޝުޖާއު ހެދީ ދޮގުކަން ހާމަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 9, 2024, 06:21 PM
މާލެ ސިޓީ

ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ފޮނުވައިފިކަމަށް ބުނެ ބާރަށޫ ދާއިރާގެ މައިކުން އިބްރާހިމު ޝުޖާއު ހެދީ ދޮގުކަން ހާމަވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލިހުގެ ހޯމަ ދުވަހުގެ ޖަލްސަގައި ވާހަކަ ދައްކަމުން ޝުޖާއު ބުނެފައިވަނީ އާދިއްތަ ދުވަހާ ހަމައަށް ބޭރުގައި ކިޔަވަމުންދާ ކުދިންނަށް 12 މިލިޔަން ދިވެހި ރުފިޔާއަށްވާ ޑޮލަރު ފޮނުވައިފި ކަމަށާ ބާކީ ހުރި ފައިސާ ހޯމަ ދުވަހު ފޮނުވާނެ ކަމަށެވެ.

ޝުޖާއުގެ މިވާހަކަތަކާ ގުޅިގެން، ބޭރުގައި ކިޔަވަމުންދާ ދަރިވަރެއްގެ ބެލެނިވެރއަކު ވަނީ އެކަން ދޮގުކޮށް އެކްސްގައި ޕޯސްޓުކޮށްފައެވެ.

އެގޮތުން ހައިކޯޓުގެ މީޑިޔާ އޮފިސަރކަން ކުރައްވާ އަމީން ފައިސަލް އޭނާގެ އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި ޝުޖާއު ހަދަނީ ދޮގު ކަމަށާ ބާރު ބާރަށް ޝުޖާއު ވާހަކަ ދެއްކި ނަމަވެސް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ފޯނުންވެސް އީމެއިލުންވެސް ނުގުޅޭކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ފައިސަލް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބެލެނިވެރިކަމުގެ ދަށުން ކިޔަވާ ދަރިވަރު ރާއްޖެއިން ބޭރުގައި ހުރެ ގޮތް ހުސްވެ ގަނަތެޅެނީކަމަށާ ދޭން ބުނެފަ އޮތް ފައިސާ ނުދޭކަމަށެވެ. އަދި ވާނުވާ ވެސް ބުނެނުދޭކަމަށާ ކަމާ ގުޅުން ހުރި އެއްވެސް ފަރާތަކަށް ގުޅޭނެ ގޮތެއް ނެތްކަމަށްވެސް ފައިސަލް ހާމަކޮށްފައިވެއެވެ. އަދި އެ އޮފީހަށް ވަދެވެންވެސް ނެތްކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ބާރަށު ދާއިރާގެ މައިކުން ޝުޖާއު ދެއްކި ވާހަކަތައް ފައިސަލް ދޮގުކޮށްފައިވާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނި ޑޮލަރުގެ ދަތިކަން ހުރުމުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ދަތިކަމެއް ހުރި ކަމަށެވެ.

ނަމަވެސް މިނިސްޓަރުގެ ވާހަކަ ދޮގު ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޑޮލަރުގެ ތާށީކަމެއް ނެތް ކަމަށާ ދަރިވަރުންނަށް ފައިސާ ފޮނުވަމުން ދާ ކަމަށެވެ.

ފައިނޭންސް މިނިސްޓްރީއިން ވެސް ބުނެފައިވަނީ ޑޮލަރުގެ ދަތިކަން ނެތް ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
ރަބަތު
Jul 10, 2024, 12:08 AM
ޑޮލަރުގެ ތާށިކަމެއްނެތޯ... 18 އިން މަތީގައި ރޭޓް ހުރީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved