March 21, 2026
Advertisement
މަތިވެރި ދާއިރާ މެމްބަރު ޒަރީރު
މަތިވެރި ދާއިރާ މެމްބަރު ޒަރީރު / -

ދިވެހި ޒުވާނުންނަކީ ކަންނެތް ބައެއްގެ ގޮތުގައި ޕީއެންސީގެ މަޖިލިސް މެމްބަރު ޒަރީރު ސިފަކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 10, 2024, 03:26 AM
މާލެ ސިޓީ

ދިވެހި ގައުމުގެ މައިބަދަކަމަށްވާ ޒުވާނުންނަކީ ކަންނެތް ބައެއްގެ ގޮތުގައި ޕީއެންސީގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ސިފަކޮށްފިއެވެ.

Advertisement

މަތިވެރި ދާއިރާގެ މެމްބަރުކަން ކުރާ ޒަރީރު މިފަދައިން ބުނެފައިވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅި މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް ވާހަކަދައްކަމުންނެވެ. އެގޮތުން ޒަރީރު ވިދާޅުވީ، ރާއްޖޭގެ ބޮޑެތި މަގާމުތަކުގައި ދިވެހި ޒުވާނުންގެ ބަދަލުގައި ބިދޭސީން ތިބީ ދިވެހި ޒުވާނުން ކަންނެތްވުމުގެ ސަބަބުން ކަމަށެވެ.

ޒަރީރު ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަކީ ތައުލީމީ ޒުވާނުން ގިނަ ގައުމެއް ނަމަވެސް ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނުކުތުމުން އެ ޒުވާނުންގެ ފަރާތުން އުފެއްދުންތެރިކަން ނުފެންނަ ކަމަށާއި އެހެން އެކަން ވަނީ ގައުމުގައި އެކުލަވާލާފައި އޮތް ތައުލީމީ ނިޒާމުގެ ސަބަބުން ކަމަށެވެ.

މިއަދު އަޅުގަނޑުމެންނަށް ވަޒީފާއަދާކުރާ ހުރިހާ ތަނަކުން ވެސް އިވެނީ ފަރުވާކުޑަކަން. ޒިންމާ އަދާނުކުރެވޭކަން. 8:30 އަށް އޮފީހަށް އައިއްސަ 9 ޖަހާއިރު ކޮފީއަށް، އަނެއްކާ 10 ޖަހާއިރު ކޮންމެސް ރައްޓެއްސަކާ ބައްދަލުކޮށްލަން. އެެހެން 8 ގަޑިއިރު މަސައްކަތްކުރާ އިރު ހަގީގަތުގައި ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ގިނަ ބޭފުޅުން ހޭދަކުރަނީ 8 ގަޑިއިރުގެ ތެރެއިން 3 ގަޑިއިރު

ޒަރީރު

ޒުވާނުން، ޒިންމާދާރުނުވުމުގެ ސަބަބުން ޕްރައިވެޓް ސެކްޓާތަކަށް، ޒިންމާދާރު، މަސައްކަތުގެ މާހައުލަށް ވަފާތެރި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ބޭރު މީހުން ގެންނަން މަޖުބޫރުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved