February 20, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ވޮއިސް.އެމްވީ

އާއިލާގެ މެންބަރަކަށް ނާޖައިޒު ގޮތުގައި މަގާމެއް ހޯދައި ނުދޭނަން: ޑރ. ޝަހީމް

Mariyam Isaadha
މަރިޔަމް އިސާދާ
Jul 10, 2024, 05:59 PM
މާލެ ސިޓީ

އާއިލާގެ މެންބަރަކަށް ނާޖައިޒު ގޮތުގައި މަގާމެއް ހޯދައި ނުދެއްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

.ޑރ. ޝަހީމު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކޮށްގެން އަމިއްލަފުޅު ދަރިފުޅަށާ އެއްބަޑު ބޭފުޅަކަށް ސިޔާސީ މަގާމު ހަމަޖައްސައިދިންކަމުގެ ތުހުމަތު އަމާޒުވެފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ. ޝަހީމު ވިދާޅުވެފައިވަނީ، ދަރިޔަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ ނާޖާއިޒު ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

"ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved