May 2, 2026
Advertisement
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު / ސޯޝަލް މީޑިއާ

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ނަމުގައި އަންނަ މަހު ރައީސް މުއިއްޒު ލަންކާއަށް!

Aishath Naja
އައިޝަތު ނަޖާ
Jul 10, 2024, 11:06 PM
މާލެ ސިޓީ

ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ފެށުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ހާމަވެއްޖެއެވެ.

Advertisement

ސްރީލަންކާ ގާޑިއަންއިން ބުނީ ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ލަންކާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެޕްރޫވަލް ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ދަތުރުފުޅާ ގުޅޭގޮތުން ރަސްމީކޮށް ރައީސް އޮފީހުން އެއްޗެއް އަދި ހާމަކޮށްފައިނުވެއެވެ.

މި ސަރުކާރުން ބޭރުގެ ގައުމުތަކަށް ވެސް ރަސްމީ ދަތުރުފުޅުގެ ނަމުގައި ވަޑައިގެންނަވާއިރު ދައުލަތުގެ ބަޖެޓުން މިލިއަނެއް ވަރު އަބަދުވެސް ޚަރަދުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved