February 20, 2026
Advertisement
އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓްރީގެ މުހިންމު 6 މަހާސިންތާއެއް ކުރިއަށް ރޭވިފައި

Aminath Zara
އައިމިނަތު ޒާރާ
Jul 11, 2024, 04:53 AM
މާލެ ސިޓީ

މި އަހަރު އިސްލާމިކް މިނިސްޓްރީން މުހިންމު ހަ މަހާސިންތާއެއް ބާއްވަން ނިންމާފައިވާކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ އިލްމުވެރީންގެ މަހާސިންތާ އަކާއި ޖަމިއްޔާތަކުގެ މަހާސިންތާ އަކާއި އިމާމުންގެ މަހާސިންތާ އަކާއި ޒަކާތުގެ މަހާސިންތާ އަކާއި ހައްޖާއި އުމްރާގެ މަހާސިންތާ އަކާއި ފަތުވާ މަހާސިންތާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އިސްލާމިކް މިނިސްޓްރީއިން ބޭއްވުމަށް ނިންމާފައިވާ މަހާސިންތާތަކުގެ ތައާވަލް
އިސްލާމިކް މިނިސްޓްރީއިން ބޭއްވުމަށް ނިންމާފައިވާ މަހާސިންތާތަކުގެ ތައާވަލް

އިސްލާމިކް މިނިސްޓަރު ކަަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަވާލުވެވަޑައިގެން އެ ވުޒާރާގެ މަސައްކަތްތައް ފުޅާކުރައްވާ ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. ހާއްސަކޮށް އިލްމުވެރީންނާއި އިމާމުންނާއި ގުޅުން ހުރި ކަންކަމާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަތުމާ މަޖިލީސް ހަރަކާތްތެރި ކުރުވުން ހިމެނެ އެވެ. އަދި ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާ ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ކަންތައްތަކެއް މިހާރު ވެސް ވަނީ ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީ ވެފައި ވަނީ އެންމެ ހަރަކާތްތެރި / މަަސައްކަތްތެރި އެއް މިނިސްޓްރީއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved