March 11, 2026
Advertisement
އައިޖީއެމްއެޗް
އައިޖީއެމްއެޗް / ސޯޝަލް މީޑިއާ

މިދިޔަ ހަފްތާގައި ފާނަބަސަދުގެ 107 ވޭދަނައެއް ރިޕޯޓުކޮށްފައިވޭ!

Aishath Naja
އައިޝަތު ނަޖާ
Jul 11, 2024, 08:32 PM
މާލެ ސިޓީ

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

Advertisement

ހެލްތު މިނިސްޓްރީން ވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 އަށް އަދި މިދިޔަ މަހުގެ 30 އިން މި މަހުގެ ހަތްވަނަ ދުވަހަށް އެކި ބަލިތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މިދިޔަ ހަފްތާގައި ވަނީ އިތުވެފައިި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފްތާގައި އެ ބަލީގެ 107 ވޭދަނައެއް ރިޕޯޓު ކުރި އިރު އޭގެ ކުރީ ހަފްތާގައި 94 މީހަކަށް ފާނަބަސަންދު ޖެހިގެން ރިޕޯޓުކުރިއެވެ.

ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ޅ. އަދި ސ. އަތޮޅުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved