March 19, 2026
Advertisement
ސަރުކާރަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރާކަށް ނުކެރުނު
ސަރުކާރަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރާކަށް ނުކެރުނު / ތޭރަގްރެފިކްސް

ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން ކެބިނެޓުން ފާސްކުރި ކަމަށް ބުނިތާ މަހެއް ވީއިރުވެސް އެކަން ނުކުރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 12, 2024, 12:27 AM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން ކެބިނެޓުން ފާސްކުރި ކަމަށް ބުނިތާ މަހެއް ވީއިރުވެސް އެކަން ނުކޮށް ސަރުކާރުން ލަސްކުރަމުންދާ ކަން ހާމަވެއްޖެއެވެ.

Advertisement

ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް، އަދިވެސް އެ ނިންމުން ތަންފީޒުކުރުމަށް ސަރުކާރަށް ކެރިފައެއް ނުވާތީ ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ގާނޫނަށް ބަދަލު ގެންނަންޖެހޭތީ ކަމަށް ބުނެ ސަރުކާރުން އެކަން ލަސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަންގާފާއިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ތޭރަ އޮންލައިނަށް ކިޔައިދީފައެވެ.

ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ކޮމިޓީގައި އޮންނަތާ މިހާރު މަހެއްވެފައިވާއިރު ރައީސް އޮފީހުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މިހާރު މައްސަލަ އޮތީ މަޖިލީހަށް ފޮނުވާފައެވެ.

ސަރުކާރުން މިކަން ކުރަން ނުކެރިގެން އުޅެނީ ބޭރު ގައުމުތަކުން ލިބޭ އެހީތައް މެދުކެނޑިދާނެތީ ކަމަށް މައުލޫމާތު އެނގޭ މީހަކު ވަނީ ކިޔައިދިފައެވެ.

ރައީސްގެ ގަރާރަކުން ކުރެވޭނެ ކަމަށްވާއިރު ވަޒީރުންގެ މަޖިލީހުގެ ތެރެއިން ވަކި ކޮމިޓިއެއް ހަދުވާ އެކަން ދިރާސާ ކުރުމުގެ ނަމުގައި ދުވަސްތަކެއް ބޭކާރު ގޮތުގައި ސަރުކާރުން ދުއްވަމުން ގެންދިޔައީ ސައްހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކުރަން ވެގެން ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުމާ މެދު ދިވެހި ސަރުކާރު ފަސްޖެހެމުން ދަނީ އެމެރިކާއިން އިންޒާރު ދިނުމާއި ގުޅިގެންނެވެ. އިޒްރޭލް ޕާސްޕޯޓް ބްލޮކް ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށް އެކަން ކޮށްދިނުމަށް ރައީސް މުއިއްޒަށް އެންގުމުން، އެމެރިކާއިން މުއިއްޒަށް އިޒްރޭލާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އެންގިކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މަޖިލީހަށް އަނބުރާ އެ މައްސަލަ ފޮނުވާލީވެސް އެކަން ނުކުރުމަށް ކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން މިހާރު އޮތް ޕީއެންސީގެ މެޖޯރިޓީއިން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާނެ ކަމަށް ގިނަ ބަޔަކު ގެންދަނީ ތުހުމަތު ކުރަމުންނެވެ.

ރައީސް މުއިއްޒު ސަރުކާރު އައުމަށް ފަހު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލަށް ގަތުލުއާންމު ނުވަތަ އެއީ ޖެނަސައިޑެއް ކަމަށް ބުނުން ވަނީ ހުއްޓާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved