February 20, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ފައިސަލްއަށް: ހިސާބުން ހިސާބުގައި ތަޅާ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 12, 2024, 04:15 AM
މާލެ ސިޓީ

ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ނަޒަރު ހިންގަވާލައްވަމުން ރައީސް އަބްދުﷲ ޔާމީން ޖައްސަވާ ހިސާބާ ގުޅުވާ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވައިފިއެވެ.

Advertisement

ރައީސް ޔާމީން ފައިސަލަށް ރައްދު ދެއްވީ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފްރޮންޓް އޮފީސް ޖަލްސާއާ އެއް ވަގުތެއްގައި ހިނގަމުން ދިޔަ ޕީއެންސީ ހައުސް ޖަލްސާގައި ފައިސަލް ވަނީ ނުސީދާކޮށް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެންމެ ބޮޑަށް ފާޑު ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ސާފުކޮށް ދެއްވާ އެ މަނިކުފާނު ދައްކަވާ ވާހަކަފުޅަށެވެ.

ރައީސް ޔާމީންނަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވެފައިވަނީ "އިގްތިސާދު" އެނގިވަޑައިގަންނަވަނީ އެންމެ ބޭފުޅެއް ކަމަށް ބޭފުޅަކު ދައުވާ ކުރައްވާ ކަމަށެވެ. އަދި އެކަމާ ތައުލީމީ ޒުވާނުން ހީނ މަލާމަތް ކުރާ ކަމަށެވެ.

މި ސަރުކާރުން އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނު ހައްދަވަނީ ބުހުތާނު ދޮގު ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގައުމުގެ ހާލާތު ބަޔާންކޮށް ދެއްވަނީ އެމްއެމްއޭ އާ މީރާގެ ހިސާބުތަކުން ކަމަށާ އެހެން ކަމުން އިގްތިސޯދުގައި އެމަނިކުފާނު އޮޅުވާލަން ކުރައްވާނެ ކަމެއް ނެތް ކަމަށެވެ.

އެހެންކަމުން ބައްޕާފުޅުގެ ހިސާބު ޖައްސަވާ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބަދަލުގައި ހިސާބު އަކުރުތަކުން އެމަނިކުފާނަށް ރައްދު ދެއްވުމަށް ރައީސް ޔާމީން ފައިސަލަށް ގޮވާލެއްވިއެވެ.

ރައްދު ދެންޏާ ހިސާބުން ހިސާބުގައި ތަޅާ. ފެކްޓާއެކު ވާހަކަ ދައްކަވާ.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ޖަލްސާގައި ރާއްޖޭގެ އިގްތިސޯދީ ޙާލަތާމެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހިތި ބޭސް ނިކަމެތި ރައްޔިތުން އެކަނި ބޯން ޖެހުން ބަލައިނުގަނެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved