April 23, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ސޯޝަލް މީޑިއާ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރާނެ: މެޓު އޮފީސް

Mariyam Isaadha
މަރިޔަމް އިސާދާ
Jul 12, 2024, 06:40 PM
މާލެ ސިޓީ

ރާއްޖެގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ލަފާކޮށްފިއެވެ.

Advertisement

އެގޮތުން ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަަމަށާ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މުސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާޅުގެ އުސްމިން ހުންނާނީ 2 - 4 ފޫޓާ ދެމެދުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved