ހެންވޭރު ފިހާރައަކުން ފޭކް ސްލިޕްތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ބަޔަކު ކޮށްޓަކަށްލައި ތަޅުލައިފިއެވެ.
އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ހުރި ކޮށްޓަކަށް ދެ ފިރިހެނަކު ލުމަށްފަހު ފެން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.
ސްކޭމް ކޮށްގެން ވިޔަފާރި ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނަ އިރު މި ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އަޅަމުން އަންނަ ތަނެއް ނުފެނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައިނުވެއެވެ.