ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެއީ އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮއްޓެކެވެ.
އެ ކޮއްޓަށް ލާ ރަހީނުކޮށްފައިވަނީ ދެ ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާ އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން އެ ކޮށީގައި ރަހީނުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ.
އެ މީހުން ކޮށިން ދޫކޮށްލުމުން ރުފިޔާ ހޯދާފައި ދޭނެ ކަމަށް އޭގެ ތެރެއިން އެކަކު ބުނާ މަންޒަރު ވީޑިއޯއިން ފެނެއެވެ