April 4, 2026
Advertisement
ނިލަންދޫ ދާއިރާގެ މެންބަރު ސައުދާ
ނިލަންދޫ ދާއިރާގެ މެންބަރު ސައުދާ / ސޯޝަލް މީޑިއާ

ސައުދާ ބުނަނީ ހުޅުމާލެއިން ބިމެއް ލިބުނުކަން އެގުނީ ޚަބަރުތަކުން ކަމަށް

Aminath Zara
އައިމިނަތު ޒާރާ
Jul 14, 2024, 09:24 PM
މާލެ ސިޓީ

ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ، ހުޅުމާލެ އިން ބޮޑު އަގުގައި ބިމެއް ބައްލަވައިގެން ފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަން އެނގިފައިވަނީ ޚަބަރުތަކުން ކަމަށް ބުނެފިއެވެ.

Advertisement

ހުޅުމާލޭގެ އެންމެ އަގުބޮޑު ސަރަހައްދު -- ބީޗު ފްރަންޓުން ނުވަ މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފައިވާ ކަމަށް ޚަބަރުތައް ވަނީ ފެތުރިފައެވެ.

ބިމެއް އޮތްނަމަ އެއީ ކޮން ބިމެއްކަން އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެފަދަ ފިތުނަވެރި / ބުހުތާނު ދޮގު ފަތުރާ ސަބަބާމެދު ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިފަދަ ތުހުމަތުތައް ކުރެވެމުން އަންނައިރު މިކަންކަން ބަލާނެ ދައުލަތުގެ އެއްވެސް އިދާރާއެއް ނެތުމުން، ވައްކަން ކުރަން މުއިއްޒު ނުހުޅުވާ ދޮރެއް މިއަދު ސަރުކާރުގައި ނެތެވެ.

އެމްއެމްއޭއާޢި، ބޭރުގެ ފައިނޭންޝިއަލް އިންސްޓިޓިއުޝަން ތަކުން ދައްކަނީ ރާއްޖޭގެ އިޤްތިޞާދު ބޮޑުތަނުން ގޯސްވެފައިވާ މަންޒަރެވެ. ރާއްޖެ ބަނގުރޫޓުވަމުން ދާ މި ދަނޑިވަޅުގައި، މުއިއްޒު އާއި އޭނާގެ އާއިލާގެ މުއްސަނދިކަން އެތައް ގުނައަކަށް ވަނީ ނަހަމަ ގޮތުގައި އިތުރު ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved