April 4, 2026
Advertisement
ނިލަންދޫއިން ނަޖިސް ބޭރުވާތީ ރައްޔިތުން ނުރުހިފާ
ނިލަންދޫއިން ނަޖިސް ބޭރުވާތީ ރައްޔިތުން ނުރުހިފާ / ސޯޝަލް މީޑިއާ

ފ. ނިލަންދޫގެ ނަރުދަމާ މައްސަލަ އެންމެ އަވަހަށްވެސް ހައްލު ކުރެވޭނީ އަންނަ އަހަރު ފަހުކޮޅު: ދައުލަތް

Hussain Nawaf
ހުސައިން ނަވާފް
Apr 2, 2025, 09:34 PM

ފ. ނިލަންދޫގައި ނަރުދަމާ އިން ނަޖިސް ބޭރުވާ މައްސަލަ އެންމެ އަވަހަށްވެސް ހައްލު ކުރެވޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް ދައުލަތުން ހާމަކޮށްފިއެވެ.

Advertisement

މޯލްޑިވްސް ވޯޓަރ އެންޑް ސެވްރޭޖް ކޮމްޕަަނީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ބޭނުން ކުރާ ނަރުދަމާގެ ނިޒާމު ހުއްޓުމަކަށް ނުގެނެސް އެހެން ނިޒާމެއް ގާއިމް ކުރެވޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުންޏާ އެ ޒިންމާ ހަވާލުކުރީ 2019 ގަ އެވެ.

އެގޮތުން ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ މޭސްތިރިކަމިގައި ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ހައްލުނުވެ ލަސްވުމަކީ ހިތާމައެއް ކަމަށާއި ނިލަންދޫގެ ނަރުދަމާގެ މައްސަލަވެސް އަވަސް ހައްލެއް ހޯދައި ދިނުމަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅައިގެން ވިޔަސް މިކަން ކޮށްދިނުމަށް އެ ރަށުގެ ރައްޔިތުންވަނީ އެދިފައެވެ.

މި މައްސަލަ އާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަދި މިފަދަ ހައްސާސް މައްސަލައަކަށް ހައްލު ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާއިރު އޭގެ ސަބަބުން ރަށު ތެރޭގައި ބަލިތައް ގިނަވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ބުނެ ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved