March 10, 2026
Advertisement
އަލީ އާރިފް އަދި އޭނާގެ ކޮއްކޮ އަހުމަދު އާރިފް
އަލީ އާރިފް އަދި އޭނާގެ ކޮއްކޮ އަހުމަދު އާރިފް / ސޯޝަލް މީޑިއާ

"ގަރުދިޔަ އާއި ބަތް" ކާން އެންގި އަލީ އާރިފްގެ ކޮއްކޮ އަށް އެމްޕީއެލްެ ޖެނެރަލް މެނޭޖަރުކަން ދީފި!

Aishath Naja
އައިޝަތު ނަޖާ
Jul 16, 2024, 01:33 AM
މާލެ ސިޓީ

ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފްގެ ކޮއްކޮ އެމްޕީއެލްގެ އާދައިގެ ވަޒީފާއެއްގައި ހުއްޓާ، ޖެނެރަލް މެނޭޖަރގެ މަގާމަށް އޭނާ އައްޔަން ކޮށްފިއެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބުނުގޮތުގައި އަލީ އާރިފްގެ ކޮއްކޮ އަހުމަދު އާރިފް އަކީ ޖެނެރަލް މެނޭޖަރުގެ މަގާމަށް ކުފޫ ހަމަވާ ފަރާތެއް ނޫނެވެ.

އެގޮތުން އޭނާ އަކީ އެފަދަ އެއްވެސް މަގާމަކަށް ބޭނުންްވާ އެއްވެސް ކަހަލަ ސަނަދެއް އޮތް ފަރާތެއް ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ.

އަލީ އާރިފް އަދި އަހުމަދު އާރިފް އަކީ ވެސް ރައީސް ޑރ މުހައްމަދު މުއިއްޒާ އާއިލީ ގޮތުން ގާތް ބޭފުޅުންނެވެ.

ރާއްޖޭގައި މަތީ ތައުލީމް ހާސިލްކޮށްގެން މިފަދަ މަގާމުތަކަށް ކުފޫ ހަމަވާ އެތައް ފަރާތެއް ވަޒީފާ ނުލިބި ތިބޭއިރު މަގާމްތަކަށް ކުފޫ ހަމަނުވާ ފަރާތްތައް އައްޔަން ކުރައްވަމުން ގެންދަވާތީ ވެސް ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ.

ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވީމާ އެކަން ހައްލު ކުރުމަށްޓަކައި ރައްޔިތުން ގަރުދިޔަ އާއި ބަތް ކާން ބުނެފައެވެ.

މިކަމާ ގިނަ ބަޔަކު އަންނަނީ އަލީ އާރިފް އަށް މީސްމީޑިޔާގައި ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
އައްލޫ
Jul 16, 2024, 06:05 AM
ދެންކީއްކުރާނީ ބާރަށު ދާއިރާގެ މެމްބަރު ވިދާޅުވީ ތިމައްނަމެންކުރާއެއްވެސްކަމަކައްއެއްވެސްބަޔަކު ހުރަސްއަޅާނަމައެބަޔަކުހައްޔަރުކޮއްފިޔަވަޅުއަޅާނެކަމުގެވާހަކަ ކުރާނެ ކަމެއްނެތް ދެރަހިތާމަހުރިކަމެއް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved