March 21, 2026
Advertisement
އަދުރޭ އަދި މުހައްމަދު
އަދުރޭ އަދި މުހައްމަދު / ތޭރަގްރެފިކްސް

އަދުރޭ ރުޅިގަދަވީ މުހައްމަދު އިސްމާއިލް ވިލާމާލޭ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުން!

Aishath Naja
އައިޝަތު ނަޖާ
Jul 16, 2024, 02:35 AM
މާލެ ސިޓީ

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުން މަޖިލީހުގައި ބޭކާރު ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ، މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިލިމާލޭ ދާއިރާ މެމްބަރު މުހައްމަދު އިސްމާއިލްގެ މައިކުން އަޑު ކަނޑާލާ އިންޒާރުދީފިއެވެ.

Advertisement

މަޖިލީހުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބުއާ ސުވާލު ކުރުން ކުރިއަށް ގެންދިޔައިރު މެމްބަރު މުހައްމަދު އިސްމާއިލްއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި 45 ސިކުންތުވީއިރު ވެސް ވިލިމާލޭ ދާއިރާ ރަައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ގެންދިއުމުން އެކަމާ ނުރުހުންވެ އަދުރޭ ވަނީ މުހައްމަދުގެ މައިކުން އަޑު ކަނޑާލާފައެވެ.

މުހައްމަދު އިސްމާއިލް ވަނީ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ މަގުތައް ބޭނުންކޮށްގެން، އެ މަގުތައް ފުނޑުފުނޑުވެގެންދާތީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެހިސާބުން ވަގުތު ހަމަވެ، މައިކުން އަޑު ކަނޑާލުމުން ވެސް މެމްބަރު މުހައްމަދު އިސްމާއިލް ދިޔައީ ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ މުހައްމަދު އިސްމާއިލްގެ މައިކް ކަނޑާލުމުން ގިނަ ބަޔަކު އަންނަނީ އަދުރޭގެ މި ނާތަހުޒީބު އަމަލު ކުށްވެރިކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ސަމީމު
Jul 16, 2024, 06:03 PM
އަދި ެސްތިޔަފަދަމީހުންތަންތަނުގެ,ވެރިންނަށްހޮވާ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved