March 10, 2026
Advertisement
ގަރުދިޔައާ ބަތްކާން އެންގުމުން މޮސްޓާގެ ނުރުހުން އަލީ އާރިފަށް
ގަރުދިޔައާ ބަތްކާން އެންގުމުން މޮސްޓާގެ ނުރުހުން އަލީ އާރިފަށް / ތޭރަ އޮންލައިން

މޮސްޓާ އަލީ އާރިފަށް: މަތި ފަޑީގެ މަގާމުތައް މަތިކޮށް މުސާރަ ހަމަހަމަކުރޭ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 16, 2024, 06:35 PM
މާލެ ސިޓީ

ގައުމުގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާތީ ރައްޔިތުން ގަރުދިޔަ އާ ބަތާ ކައިގެން ދިރިއުޅުން ދަށް ފަންތިއަކަށް ބަދަލުކޮށްލަން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ގޮވާލުމުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްދު ދެއްވައިފިއެވެ.

Advertisement

މޮސްޓާ އަލީ އާރިފަށް ރައްދު ދެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މޮސްޓާ ވަނީ ރައްޔިތުންނަށް ގަރުދިޔާ ބަތް ކާންއަންގާފައި ވެރިން ކާން ދަނީ އެޓޮމިކްސް އާ ސެޕްޓިމް ފަދަ އަގުބޮޑެތި ރެސްޓޯރެންޓުތަކަށް ކަމަށް ވިދާޅުވެފައެވެ.

މޮސްޓާގެ އެފްބީ ޕޯސްޓު
މޮސްޓާގެ އެފްބީ ޕޯސްޓު

އޭގެ ބަދަލުގައި އެންމެ ފުރަތަމަ ކަމަކަށް ވެސް ސަރުކާރުގެ މަތި ފަޑީގެ އެއް މަގާމުތަކަށް އައްޔަންކޮށްފައި ތިބި މުވައްޒަފުންގެ އަދަދު މަދުކޮށް، ވެރިންނާ އާންމު މުުވައްޒަފުންގެ މުސާރައިގެ ފަރަގު ނައްތާލުން މާ ރަގަނޅުވާނެ ކަމަށްވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

ދެން އޭގެ ފަހުން ގަރުދިޔަ އާ ބަތާ ކައިގެން ހިތި ބޭސް ބޮއިގެން ގައުމު ހަމަމަގަށް އެޅުވޭތޯ މަސައްކަތްކުރާނީ ކަމަށްވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved