March 10, 2026
Advertisement
ފުލުހުންގެ ކާރު
ފުލުހުންގެ ކާރު / ސޯޝަލް މީޑިއާ

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކާ އެކު މީހާކު ސީރިއަސް ހާލަތުގައި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 16, 2024, 09:43 PM
މާލެ ސިޓީ

ފުލުހުންގެ ބަލުމުގެ ދަށާށް މީހަކު ގެންނަން މަސައްކަތްކުރުމުގެ ތެރޭގައި އެމީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

Advertisement

މިކަމާ ގުޅިގެން މައުލޫމާތު ހާމަކުރައްވާ ފުލުހުން ވިދާޅުވެފައިވަނީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ޖުލައި 16 ވަނަ ދުވަހު ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމުގެ ތެރޭގައި އެމީހާއަށް ވަނީ އަނިޔާވެފައި ކަމަށެވެ. އަދި މިހާރު އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ އެކަން ބަލާދިނުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޓްސް ކޮމާންޑް އަދި ނެޝަނަލް އިންޓްގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އަނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަކީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ހާޒިރު ކުރުމަށް ހައްޔަރު ކުރަން އުޅުނު މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފުރާޅެއްގެ މަތީން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ހާލު ސީރިއަސްއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved