February 20, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް އިފްތިތާހު ކުރުން މިނިވަން ދުވަހު !

Aminath Zara
އައިމިނަތު ޒާރާ
Jul 17, 2024, 05:06 AM
މާލެ ސިޓީ

ގިނަ ބަދަލު ތަކަކާއިއެކު އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް، ޖުލައި މަހުގެ 26 ވަނަ ދުވަހު އިފްތިތާހު ކުރަން ހަމަ ޖެހިއްޖެއެވެ.

Advertisement

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަލަށް ހުޅުވޭ މި ވެބްސައިޓް ވެގެންދާނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހިދުމަތް ލިބިގަނެވޭނެ ވެބްސައިޓަކަށެވެ. އެގޮތުން އަލަށް ފަރުމާކުރެވިފައިވާ މި ވެބްސައިޓްގައި ލައިބްރަރީއެއް ހުންނާނެކަމަށާއި، މި ލައިބްރަރީއިން އެކި ފޮތްތައް ޑައުންލޯޑުކޮށްގެން ބޭނުން ކުރެވޭނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން 2008ން ފެށިގެން ވުޒާރާއިން ނެރެފައިވާ ހުރިހާ ރެފަރެންސް ފޮތްތައް ލިބެން ހުންނާނެކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ކީރިތި ރަސޫލާ ޟޢވ، ގެ ސިޔަރަތު ދިވެހި ބަހުން ވީޑިއޯ ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑުއަހާލުމުގެ ފުރުސަތު މި ވެބްސައިޓުން ލިބިގެންދާނެއެވެ.

ވުޒާރާއިން ތައްޔާރު ކުރި ރިސާލަތު ޕްރޮގުރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި މި ވުޒާރާގެ އިދާރީ ހުރިހާ މައުލޫމާތެއް އުޞޫލުތަކާއި ފޯމްތައްވެސް މި ވެބްސައިޓުން ލިބޭނެކަމަށް ވަޒީރު ޑރ. މުހައްމަދު ޝަހީމް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved