May 26, 2026
Advertisement
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް / ސޯޝަލް މީޑިއާ

މިއަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ގައުމީ ފެންވަރުގެ ހަފްލާއެއް ބާއްވާނަން: ޝަހީމް

Aminath Zara
އައިމިނަތު ޒާރާ
Jul 17, 2024, 05:53 PM
މާލެ ސިޓީ

އަންނަ އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ޙަފްލާއެއް ބާއްވާނެކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

Advertisement

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޙަފްލާއެއް ބާއްވާނެ ކަމަށެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، މިހާތަނަށް ހާފިޒުންނަށް ޚާއްޞަ އެވޯޑު ދެމުން އައީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިންކަން ފާހަގަ ކުރައްވާ، މިގޮތަށް ދެ ހަރަކާތް އެއްކޮށް ގެންދާތީ އެއްވެސް ހަރަކާތަކަށް ޙައްޤު ޤަދަރު ނުދެވޭ ކަމަށް ވިދާޅުވަމުންނެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި، ޑރ.ޝަހީމް ވަނީ ކުރިއާ އަޅާބަލާއިރު މިހާރު ރާއްޖެއިން، ޤުރްއާން ހިތުދަސްކުރާ މީހުންގެ އަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވަނީ ރީތިކޮށް ޤުރްއާން ކިޔަވާ ޖީލެއް އުފެއްދުމާއެކު، އެއަށް ޢަމަލުކުރާ ކުދިންތަކެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved