March 10, 2026
Advertisement
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) / -

ކަރަންޓު ބިލު ބޮޑުވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 17, 2024, 06:01 PM
މާލެ ސިޓީ

ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިން ފާއިތުވެދިޔަ މަސްތަކުގައި ރައްޔިތުންނަށް ފޮނުވި ބިލުތައް އިންތިހާއަށް ބޮޑުވެފައިވާތީ އެކަން ބަލައި ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

Advertisement

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ބަހުސްކުރުމަށް ފާސްވީ 61 މެމްބަރުންގެ ވޯޓާ އެކުއެވެ.

މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވަމުން ކުޑޫ ވިދާޅުވީ ފެނަކާއި ސްޓެލްކޯއިން މިދިޔަ މަސްތަކުގައި ދީފައިވާ ބިލްތައް އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ދަނީ ފާޅުކުރަމުން ކަމަށެވެ. އެގޮތުން މިދިޔަ އޭޕްރިލްގެ ބިލު ބޮޑުވެގެން ސްޓެލްކޯއިން ރައްޔިތުންނަށް ލުއި ދިން ނަމަވެސް، އޭގެ ފަހުން އައި ބިލުތައް ވެސް ކުރިއަށް ވުރެ ބޮޑު ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނެގި ބިލުތައް ކުރިއަށްވުރެ ބޮޑު ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މިހެން މިކަން ހިނގާއިރު ކަރަންޓު ބިލު ބޮޑުވި ގޮތުގެ ތަފްސީލު ލިބޭނެ ގޮތެއް ނުވޭ,"

ކުޑޫ

ކަރަންޓޫ ބިލުތައް ބޮޑުވާ ސަބަބާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޖެހެމުންދާ ތަކުލީފުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުޑޫގެ ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved