March 10, 2026
Advertisement
ދިވެހި  ފުލުހުން މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ދިވެހި ފުލުހުން މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން / މޯލްޑިވްސް ޕޮލިސް ސާރވިސް

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު މީހާ ވެންޓިލޭޓަރުގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 17, 2024, 06:06 PM
މާލެ ސިޓީ

ފުލުހުންގެ ބަލުމުގެ ދަށާށް މީހަކު ގެންނަން މަސައްކަތްކުރުމުގެ ތެރޭގައި އަނިޔާވި މީހާގެ ހާލު އިހުނަށްވުރެ ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

Advertisement

މިކަމާ ގުޅިގެން މައުލޫމާތު ހާމަކުރައްވާ ފުލުހުން ވިދާޅުވެފައިވަނީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ޖުލައި 16 ވަނަ ދުވަހު ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމުގެ ތެރޭގައި އެމީހާއަށް ވަނީ އަނިޔާވެފައި ކަމަށެވެ. އަދި މިހާރު އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ އެކަން ބަލާދިނުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޓްސް ކޮމާންޑް އަދި ނެޝަނަލް އިންޓްގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އަނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަކީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ހާޒިރު ކުރުމަށް ހައްޔަރު ކުރަން އުޅުނު މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފުރާޅެއްގެ މަތiން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved