
ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް މިރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓު އޮފީހުގައި އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިރޭ ދަ ފްރޮންޓު އޮފީހުގައި އޮންނަ ޖަލްސާގައި ޚާއްސަ ބޭފުޅުންގެ ޚާއްސަ ވާހަކަތައް އޮންނާނެ ކަމަށާ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ދައުވަތު އަރުވާ ކަމަށެވެ.
ޖަލްސާ އޮންނާނީ މިރޭ 8:45ގައި ދަ ފްރޮންޓު އޮފީހުގައެވެ.
ދާދި ފަހުން ވެސް ފްރޮންޓް އޮފީހުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުގައި ހުރި ބައެެއް ނޭދެވޭ ކަންކަމުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އަދި ޕީއެންއެފްގެ މައިގަނޑު މަގްސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ފްރޮންޓް އޮފީހުގައި މިފަދައިން ކުރިޔަށް ގެންދާ ޖަލްސާތަކުގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.










