March 10, 2026
Advertisement
މޯލްޑިވްސް ޕޮލިސް ސަރވިސް
މޯލްޑިވްސް ޕޮލިސް ސަރވިސް / ސޯޝަލް މީޑިއާ

ފިރިހެނަކު ރަހީނު ކުރި މައްސަލައެއްގައި ތިން މީހަކު ބަންދުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jul 20, 2024, 04:02 AM
މާލެ ސިޓީ

ދިވެހި ފިރިހެނަކު މާލޭ ގެއެއްގައި ރަހީނު ކޮށްގެން ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަަލް ވިދާޅުވީ، ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައްސަލައެއް އިއްޔެ ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން 30، 27، އަދި 22 އަހަރުގެ ދިވެހި ތިން ފިރިހެނަކު ހައްްޔަރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މީގެ ތެރެއިން 27 އަަހަރުގެ މީހާއަކީ ލ. މާބައިދޫ މީހެކެވެ. 30 އަހަރުގެ މީހާއަކީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ. އަދި 22 އަަހަރުގެ މީހާއަކީ އއ. މާޅޮސް އަށް ނިސްބަތްވާ މީހެކެވެެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުން، 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މި މީހުންގެ ކޯޓު އަމުރުގައިވާގޮތުން މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ސީނުންނެވެ.

އަދި ތިން މީހަކު ވެގެން ގެސްޓް ހައުސްގެ ކޮޓަރިއކަށް ވަދެ، އެތަނުގައި ހުރި އެއްޗެހި އުކާލާ، ރަހީނު ކުރި މީހާ މި މީހުންނާއެކު އެހެން ތަނަަކަށް ގެންގޮސް ބެހެއްޓުމަށްފަހު އޭނާއަށް ދެވޭނީ ފައިސާ ދިނުމުންކަމަށް އިންޒާރު ދީފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved