March 22, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

އަދުރޭ އަތުގައި އޮތީ "ޓިނު ސެޓްފިކެޓެއް": މަލީހް

Aishath Naja
އައިޝަތު ނަޖާ
Jul 23, 2024, 04:25 PM
މާލެ ސިޓީ

ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލްގެ ފާޑުކިޔުން މަޖިލިސް ރައީސް އަދުރޭ އަށް އަމާޒުކޮށްފިއެވެ.

Advertisement

މަލީހް އަދުރޭއަށް ފާޑުކިޔުން އަމާޒުކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އުޑެއް ބުޑެއް ނުދަންނަ ، ކިޔަވަން ދިޔަ މަދަރުސާއެއް ނެތް، ޓިނު ސެޓްފިކެޓެެއް ފިޔަވާ އިތުރު ސެޓްފިކެޓެއް ނެތް މީހަކު މިއަދު މަގާމުން ވަކި އެކުރީ ތައުލީމީ އިލްމީ ގާބިލް ބޭފުޅެެއްކަމަށެވެ.

މަލީހް ވަނީ ގަވަރުނަރު ހާޝިމް އަކީ ތަންދޮރު ދަންނަ އިލްމީ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރުން މަލީހް ވިދާޅުވީ ރާއްޖެ މިވަގުތު މިސްރާބު ޖަހާފައި މިހުރީ ޖަހާލަތާ ދިމާލަށްކަމަށެވެ.

މަލީހް ވަނީ މަޖިލިސް ރައީސް ކަމުން އަދުރޭ ވަކި ކުރަން ވެސް ގޮވާލާފައެވެ.

މަލީހްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ގަވަރުނަރު ކަމުން ހާޝިމް ވަކި ކުރަން ފާސްކުރުމުން ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved