March 20, 2026
Advertisement
މެމްބަރު އައްބާސް
މެމްބަރު އައްބާސް / ރައްޔިތުންގެ މަޖިލިސް

ޕީޖީ ޝަމީމް ވަކިކުރާނެކަމުގެ އިންޒާރެއް މެމްބަރ އައްބާސް ދީފި

Aishath Naja
އައިޝަތު ނަޖާ
Jul 23, 2024, 05:46 PM
މާލެ ސިޓީ

ޒިންމާ އަދާނުކުރާ ނަަމަ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ބޭރުކުރާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިންޒާރެއް ދެއްވައިފި އެވެ.

Advertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުަސްގައި އައްބާސް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އަކީ "އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ޕްރޮސެކިއުޓާ ޖެނެރަލެއް ނޫން" ކަމަށެވެ. އެއީ "ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިސްބޭފުޅުންގެ ޕްރޮސެކިއުޓާ ޖެނެރަލެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް އަނިޔާވެރިވާ އަދި ރައްޔިތުން އެދޭ ގޮތަށް ކަންތައް ނުކުރައްވާ އެއްވެސް ބޭފުޅަކު މަގާމުގައި ހުންނަވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު ޝަމީމް ވަކިކޮށް ވާނުވާ ބަންދު އުވާލުމަށް އެކި އެކި ފަރާތްތަކުން އަންނަނީ ގޮވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved