theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގދ. ގައްދޫ / ސޯޝަލް މީޑިއާ
ހަބަރު
ގައްދޫއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
Aminath Zara
އައިމިނަތު ޒާރާ
23 ޖުލައި 2024
މާލެ ސިޓީ

ގދ ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ މީހާއާއި ބެހޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved