March 10, 2026
Advertisement
އަލީ އާޒިމް
އަލީ އާޒިމް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު ވަނީ ބޮޑު ތަނުން ފެއިލް ވެފައި: އާޒިމް

Aminath Zara
އައިމިނަތު ޒާރާ
Jul 24, 2024, 03:30 AM
މާލެ ސިޓީ

ރައީސް މުއިއްޒުވަނީ ބޮޑު ތަނުން ފެއިލްވެފައި ކަމަށް މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ގައުމު ހިންގުމުގެ ގާބިލުކަން ހުރި ކަމަށް ވިދާޅުވެ ފޮނި އުއްމީދުތަކެއް ރައްޔިތުންނަށް ގެނެސްދެމުންނެވެ.

ދައުލަތުގެ ހުރި ދަރަނިތަކުގެ ތަފްސީލްތައް އެގިވަޑައިގަންނަވާ ކަމަށާއި، ގައުމުގެ ހާލަތު ބަދަލުކޮށްލެއްވުމަކީ ބޮޑު ކަމެއް ނޫން ކަމަށް އެމަނިކުފާނު ދިޔައީ ރިޔާސީ އިންތިޚާބު ތެރޭގައި ވިދާޅުވަމުންކަން އާޒިމްގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

ވެރިކަމަށް ވަޑައިގެން ފަހަރަކު މައްސަލައެއް ނަންގަވާ، ގައުމުގެ މާލީ ހާލަތު ދަށް ކަމަށް ވިދާޅުވެ ރައްޔިތުން ނިކަމެތި ކުރުވުމަކީ ރައީސް އޭރު ދައްކަވަމުން ގެންދެވި ވާހަކަތަކާއި މުޅިން ދެކޮޅު ވާހަކަތަކެއް ކަމަށާއި މިއީ ގައުމު ހިންގަން ނޭގޭ ކަމުގެ ހެއްކެއް ކަމަށް އާޒިމު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައްޔިތުން ހާލުގައި ނުޖައްސާ ސަލާމަތްކުރުމަކީ މިއަދު ރައީސް މުއިއްޒުއަށް މަޖުބޫރުވެފައިވާ ކަމެއްކަމަށް އާޒިމް ބުނެފައިވެެއެވެ.

ގައުމު ހިންގުމާއި ރައީސް މުއިއްޒު ހަވާލުވެ ކަންތައްތައް ހިންގަވަމުންދާ ގޮތުން ޑިމޮކްރަސީއަށް ރައްޔިތުން ކުރަމުން އައި އިތުބާރު ވިއްސިވިހާލިވެއްޖެއެވެ. ހެޔޮ ބަދަލަކަށް އެދި އިތުބާރާއި އެކު ރައްޔިތުން ދިން ވޯޓުގެ ނަހަމަ ބޭނުން ސަރުކާރުން ނަންގަވަމުންދާތަން ދަނީ ފެންނަމުންނެވެ. ދިވެހީންގެރާއްޖެ އެއް ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދީ ދިވެހިންނަށް މި ރާއްޖެއިން ލިބެމުންދާ ނިކަމެތިކަން އަންދާޒާ ކުރެވޭވަރަށްވުރެވެސް ބޮޑެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved