March 20, 2026
Advertisement
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުން
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުން / ރައްޔިތުންގެ މަޖިލިސް

މުއައްސަސާތަކުގެ އެއްބާރުލުން ނުލިބޭތީ މައްސަލަތައް ބެލުމަށް ލަސްވޭ: އެންއައިސީ

Aishath Naja
އައިޝަތު ނަޖާ
Jul 24, 2024, 10:04 PM
މާލެ ސިޓީ

ބައެއް މުއައްސަސާތަކުން ހޯދަން ޖެހޭ މައުލޫމާތު ނުލިބޭތީ މައްސަަލަތަކުގެ ތަހުގީގުތައް ލަސްވާ ކަމަށާއި އެފަދައިން އަމަލުކުރާ ނަމަ ޖޫރިމަނާކުރެވޭ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ) އިން ހާމަކޮށްފިއެވެ.

Advertisement

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ކޮމިޝަނުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އެ ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ދަތިތައް ޕްރެޒެންޓޭޝަން މެދުވެރިކޮށް ކޮމިޓީއާ ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި އެންއައިސީގެ ސެކެޓްރީ ޖެނަރަލް ނަފްހާ ހުސެއިން ވިދާޅުވީ، 2022 އިން 2023ގެ ނިޔަލަށް %54 މައްސަލަ އެ ކޮމިޝަނުން ބަލައި ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.

މައްސަލަތަކުގެ ތަހުގީގުތައް ލަސްވާ އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ބައެއް މުވައްސަސާތަކުގެ ލިބެން ޖެހޭ މައުލޫމާތުތައް ނުލިބުމެވެ. އެގޮތުން ސިޓީތަކުގެ ޖަވާބު ނުލިބުމާއި ބައެއް މީހުން ކޮމިޝަނަށް ހާޒިރުކުރުމުގައި ހުރި ދަތިތައް ހުރި ކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved