March 20, 2026
Advertisement
20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން
20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން / -

މަޖިލީހުގެ ސުލޫކީ މިންގަނޑާ ހިލާފްވެެެއްޖެނަމަ މެމްބަރުން ސަސްޕެންޑް ކުރަނީ!

Aishath Naja
އައިޝަތު ނަޖާ
Jul 24, 2024, 10:14 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ މެމްބަރުން ސަސްޕެންޑް ކުރުމުގެ އުސޫލު ހިމަނައިގެން މަޖިލީހުގެ ގަވާއިދު ފާސްކޮށްފިއެވެ.

Advertisement

މަޖިލިސް ގަވައިދުގެ 18 ވަނަ ބާބުގެ ދަށުން ސުލޫކީ މިންގަނޑަކީ ކޮބައިކަން ވަނީ އަލަށް އަމަލުކުރަން ފެށި ގަވައިދުގައި ތަފްސީލް ކޮށްފައެވެ.

އޭގެތެރޭގައި ޤާނޫނާއި ގަވައިދާއި ހިލާފު ކަމެއް ނުކުރުމާއި މަޖިލީހުގެ ގަދަރު ދެމެހެއްޓުމާއި ނާޖާއިޒް މަންފާއެއް ނުވަތަ ފައިދާއެއް ނުހޯދުމާއި މަޖިލީހުގެ ސިއްރުތައް ހިފެހެއްޓުން ވެސް ހިމެނެއެވެ.

ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުމާއި މެމްބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެމްބަރުގެ މުސާރައިން އުނިކުރުން ވެސް ވަނީ އަޅާނެ ފިޔަވަޅުތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.

ގަވައިދުގައި ބުނެފައި ވަނީ މެމްބަރަކު ސުލޫކީ މިންގަނޑާއި ހިލާފުވެގެން ފިޔަވަޅެއް އެޅިނަމަވެސް އެއީ އަދަބެއް ދިނުމުގެ ބަދަލުގައި މަޖިލީހުގެ ގަދަރު ހިފެހެއްޓުމަށާއި މަޖިލީހުގެ ޖަލްސާތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި މަޖިލީހާއި މެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

މަޖިލިސް ޖަލްސާގައި ގަވައިދު ފާސްކުރީ މަޖިލިސް ޖަލްސާއަށް ހާޒިރުވި 64 މެމްބަރުންގެ ތާއީދާއި އެކުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved