އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިިފިއެވެ.
އެ ހޮސްޕިޓަލުގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ ހާއްސަ ޑރ. މުހައްމަދު އިސްމާއީލް އެކްސްގައި ވިދާޅުވީ، މިއަދު ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅި ތެރެއިން ބުރުގާ ޕިނެއް ނަގާފައިވާ ކަމަށެވެ.
ޑރ. ހިއްސާ ކުރެއްވި އެއް ފޮޓޯއިން ފެންނަނީ ނޭވާ ހޮޅި ތެރޭގައި ޕިން އޮންނަ ތަނެވެ. އިތުރު ފޮޓޯއަކުން ޕިން ނަގާފައިވާ ތަން ފެނިގެން ދެއެވެ.
2019 ވަނަ އަހަރުގެ ތެރޭގައިވެސް ވަނީ އަންހެން ކުއްޖެއްގެ ފުއްޕާމެއަށް ޕިނެއް ގޮސްގެން ސާޖަރީކޮށް ޕިން ނަގާފައެވެ.