ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގެ ނަމުގައި މި ސަރުކާރުގެ އެންމެ ނާގާބިލް އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލް އިންޑިޔާ ސަފީރު މުނޫ މަހާވަރާ ބައްދަލުކޮށްފިއެވެ.
އެ މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ ސަފީރާއެކު އުފެއްދުންތެރި ބައްދަލުވުމެއް ބާއްވައި، ގުޅުން ބަދަހިކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ.
ރާއްޖޭގެ ތިން ނައިބު ވަޒީރަކު އިންޑިޔާގެ ޕްރައިމް މިނިސްޓާރ ނަރެންދަރ މޯދީ އަށް ފުރައްސާރަކުރި ކަމުގެ މައްސަލައިގައި އެ ގައުމުން ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.
އެހެންކަމުން ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ވެސް ދެ ފަރާތުން ވާހަކަ ދެއްކި ކަމަށް ފައިސަލް ވަނީ ހާމަކޮށްފައެވެ.
އިންޑިޔާގެ ފަތުރުވެރިން އައުން ހުއްޓުނު ނަމަވެސް ފަތުރުވެރިކަމަށް އަސަރުނުކުރާނެ ކަމަށް ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފައެެވެ.
ނަމަވެސް މިހާރު ފެނިގެން މިދަނީ ފައިސަލް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް ބުނެ އިންޑިޔާގެ ފައިބުޑަށްެ ވެއްޓި އެ ގައުމުން ފަތުރުވެރިން ގެނައުން އިތުރުކޮށްދިނުމަށް ސަލާން ޖަހާ މަންޒަރެވެ.