ފައިސަލްއާ ރައީސް މުއިއްޒު / ސޯޝަލް މީޑިއާ
ސިޔާސީ
އަދުރޭގެ ދަރި ފައިސަލް ދަތުރުކުރުން ހުއްޓާލަން އަންގައިފި
21 ޖެނުއަރީ 2025
މާލެ ސިޓީ

މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)ގެ ދަރި އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލް ކުރާ ރަސްމީ ދަތުރުތައް ހުއްޓާލަން އަންގައިފިއެވެ.

މިކަމުގެ މައުލޫމާތު "ތޭރައޮންލައިން" އާ ހިއްސާ ކުރި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރަން އެދި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގުޅުން ގޯސްވެފައިވާތީ ކަމަށެވެ. އެ އޮފިޝަލް ހާމަކުރި ގޮތުގައި އަދުރޭއާ ގާތްގުޅުން އޮންނަ ނުވަތަ ގާތް ގުޅުން ބާއްވާ ސަރުކާރުގެ އިސް ފަރާތްތަކާ އަދި މަޖިލިސް މެމްބަރުންނަށްވެސް ރައީސް މުއިއްޒުގެ ފަޅިން ގެންދަނީ ފާރަލާ ބަލަމުން ކަމަށަ ސަރުކާރު ތެރެ މިހާރު ވަނީ ރަގަޅަށްވެސް ދެ ފަޅިވެފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސަލްގެ ދަތުރުތައް ހުއްޓާލަން ރައީސް އޮފީހުން އެންގީ މި ހަފުތާގެ ތެރޭގައެވެ. މިފަދަ އެންގުމެއް އަންގާފައި ވަނީ ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތަކެއްގައި ވަޑައިގަތުމަށް ފައިސަލް ރާވާފައިވަނިކޮށްކަންވެސް މައުލޫމާތު ލިބިފައިވެއެވެ.

ފައިސަލްގެ ރަސްމީ ދަތުރުތައް ހުއްޓާލަން އަންގާފައިވާއިރު ރައީސް މުއިއްޒުއާ އަދުރޭއާ ދެމެދު ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން މީގެ ކުރިން ރައީސްގެ ދަތުރުފުޅުތަކުގައި އަދުރޭ ބައިވެރިކުރަމުން އައި އައުންވެސް ވަނީ މަޑު ޖައްސާލާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved