ތުރުތުރު އެޅިޔަސް މަގާމުން ދުރުކޮށް އެ ހުރީ ސަރުކާރާ ފެޔަށް ޖައްސާފައި! / ތޭރަގްރެފިކްސް
ރިޕޯޓު
ތުރުތުރު އެޅިޔަސް މަގާމުން ދުރުކޮށް އެ ހުރީ ސަރުކާރާ ފެޔަށް ޖައްސާފައި!
Mariyam Isaadha
މަރިޔަމް އިސާދާ
28 ޖެނުއަރީ 2025
މާލެ ސިޓީ

"ރައީސް ޔާމީން ހިނި އަޔަސް، ރުޅި އަޔަސް، ތުރުތުރު އެޅިޔަސް މިއަދު ރައީސް ޔާމީން އެހުރީ ސިޔާސީ މައިދާނުން އެކަހެރިކޮށްފަ" މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، ބައްޕާފުޅު ފަންޑު ކުރާ ނޫހެއް ކަމަށް އަޑު ގަދަވެފައި އޮންނަ "ދެން" ނޫހަށް އިބްރާހިމު ފައިސަލް ޕޮޑްކާސްޓުގައި ބުނި ބުނުމެކެވެ.

އޭގެ 5 މަހާ ދިހަ ދުވަސް ފަހުން މިއަދު ފެނިގެން މިދިޔައީ ރައީސް މުހައްމަދު މުއިއްޒު، ސަބަބެއް ވެސް ވިދާޅުނުވެ ފައިސަލް މަގާމުން ވަކިކުރި މަންޒަރެވެ. ރައީސް މުއިއްޒުގެ ސަރުކާރު ދިފާއު ކުރުމުގައި މުޅި އާއިލާއިން ޖާނާ މާލުން ގުރުބާންވުމުން ބަދަލުގައި ދިނީ ތެޔޮ ހަމެއްތާއެވެ.

އެދުވަހު ފައިސަލް ރައީސް ޔާމީނަށް ކީ އެއްޗެހި މިއަދު ނިސްބަތްކުރަން މިޖެހެނީ ރައީސް މުއިއްޒަށެވެ. ވެރިކަމަށް އައުމަށް ތައުލީމެއް ނެތް އަބްދުއްރަހީމުގެ ބޭނުންކޮށް ފަހުން ރައީސް ޔާމީން އެ އާއިލާ އެއްލާލީ ކަމަށް ބުނި ބުނުން މިއަދު މިއޮތީ މި ސަރުކާރުން ކޮށްފައެވެ.

އަދުރޭއާ މުޅި އާއިލާ ނިކުމެ ލާމުން ހޯދާދިން އަޣްލަބިއްޔަތާ އެކު ވެރިކަމަށް ރައީސް މުއިއްޒަށް އާދެވި ހިންދަމާ ލެވުމުން އަދުރޭގެ އާއިލާއަށް ފެން ދީފައި ކަތިލަނީއެވެ. މިހާރު އަޑުތައް ގަދަވެފައިވާ ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ އަދުރޭ މަޖިލިސް ރައީސްކަމުން ދުރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ގަޔަށް ހޫނެއް ނުކައި ޕާޓީއެއް ހިތަކަށް ލިބުމުން އެންމެ ގާތުގައި ހުރި މީހާގެ ލަފުގައި ހިފާ ހޫރާލަނީތާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރާތަން ބަލަން ހިތަށް ކެތް ނުވެގެން ރައީސް ޔާމީން އުޅުއްވަނީ ނޫންކަން މިއަދު ފައިސަލްއަށާ އަދުރޭއަށް ވެސް ޔަގީންވާން ވެއްޖެއެވެ. މީހުންނާ ދޭތެރޭގައި އެއްވެސް ވަރެއްގެ އިހުސާންތެރިކަމެއް ނުހުންނަ ބޭފުޅަކީ ރައީސް ޔާމީން ނޫންކަމާ އެ އިހުސާންތެރިކަން ނެތީ ރައީސް މުއިއްޒުކަން މިއަދު ފައިސަލްއަށް ގަބޫލުކުރެވޭނެ ތޯއްޗެކެވެ.

ދިވެހި ރައްޔިތުން ތެރޭގައި އެބުނާހާ މަގުބޫލުކަމެއް ނެތި ހުންނަވަނިކޮށް، ރައީސް ޔާމީންގެ ނަންފުޅާ ހުސް ގޮނޑި އަދި ފޮޓޯ ބޭނުންކުރައްވައިގެން ވެރިކަމެއް ހިތަކަށް ލިބުމުން، އެންމެ ބުރަ މަސައްކަތްކުރި ކަމަށް އަމިއްލައަށް މެޑަލް ޖަހަމުން ފައިސަލްމެން ގެންދަނިކޮށް މިއަދު އެ ނަގާ ކުރީ އެއް ފަރާތެވެ. ޔަގީނުން ރައީސް ޔާމީން މިހާ ފާޅުކޮށް ފައިސަލްއާ ބައްޕާފުޅު އަދި އާއިލާއަށް ވެސް އަނިޔާވެރިވެފައި ނުވެއެވެ.

އާދައިގެ މީހުންނަށް، ރައީސް މުއިއްޒު ފުރުސަތުދެއްވާކަމަށް ފައިސަލް ވިދާޅުވިއިރު އެއަށް ފަހު ދެން ކުރައްވަނި ފަލީހަތްކަން މިއަދު ފައިސަލްއަށް ވެސް އެއްބަސްވެވެން ވާނެއެވެ.

ބައްޕާފުޅަކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާކަން ފައިސަލްއަށް ގަބޫލުކުރާއިރު ރައީސް މުއިއްޒު ބައްޕާފުޅަށް މިއަދު އިތުބާރުނުކުރާ ކަމާ އިހްތިރާމުނުކުރާކަން ވެސް ބައްޕާފުޅު އެއްފަރާތްކޮށްފައި ހުރި ހުރުމުން ދޭހަވާނެކަން ޔަގީނެވެ. ރައީސް ޔާމީންވާ ދައުރު ނިމި އޭގެ ފަހުން ގާތް މީހެއްގެ ގޮތުގައި ބެހެއްޓެވިތާއެވެ.

ފައިސަލްއެވެ. ރައީސް މުއިއްޒުގެ ލަދެއް ހަޔާތެއް ހުރިނަމަ ފައިސަލްގެ އާއިލާއަށް އެހެންކަން ކުރަން ރައީސް މުއިއްޒަށް ކެރޭނެކަމަށް ފައިސަލް ގަބޫލުކުރައްވަންތޯއެވެ.

މަގާމުން ސަބަބެއް ވެސް ބުނެ ނުލާ ވަކިކުރުމުން ފައިސަލް ނުހަނު ކޯފާ އިސްކުރައްވާ ސަރުކާރާ އެކު ދެމި ނުހުންނަވާނެކަން އިއުލާންކޮށްފައިވާއިރު މިއަދު ފައިސަލް ހިނި އަޔަސް، ރުޅި އަޔަސް، ތުރުތުރު އެޅިޔަސް މަގާމުން ދުރުކޮށް ތިޔަ ހުރީ ސަރުކާރާ ފެޔަށް ޖައްސާފައެވެ.

އަހަރުމެން އެ ދުވަހުވެސް ތިބީ ކުޅި ބަލަންށެވެ. ދެން ވެސް ކުޅި ބަލަން ތިބޭނެކަމެވެ. ސަނާ ކިޔާ ގޯނި ފުލަށް ލީމަވެސް ލަފުގައި ހިފާ އެ ހޫރާލީވިއްޔާއެވެ.

"ލޭޑީޒް އެންޑް ޑެންޓްލްމެން ލެޓްސް ވެއިޓް އެންޑް ވޮޗް ވަޓްސް ހެޕެންސް ނެކްސްޓް"، ވަޓް ގޯޒް ރައުންޑް ކަމްސް ރައުންޑް އޭ ބުނެ އުޅޭތާއެވެ. ކަތިވަޅި ގެއްލި ކޮށި ދަނޑު ގެއްލި މަރިޔަނބުވެސް ފައިސަލަށް ގެއްލިއްޖެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved