ސިނަމާލެ ބުރިޖުން ޚިދުމަތް ހޯދާ ނުވަތަ އެ ބުރިޖުން އުޅަނދު ދުއްވާ މީހުން އަތުން ފީ އެއް ނަގަން ސަރުކާރުން ނިންމުމާއެކު ރައްޔިތުންގެ ނުރުހުމާ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
ރައްޔިތުން އަތުން ސިނަމާލެ ބުރިޖުން ފީ ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަކުރައްވަމުން ގެންދަވަނިކޮށެވެ.
ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން 8 މަސް ފަހުން މިހާރު ސަރުކާރުން ވަނީ ސިނަމާލެ ބުރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީ ނަގަން ނިންމާފައެވެ.
އެގޮތުން ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން އިއުލާނު ކުރީ މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް އިފުތިތާހު ކުރި "މާލެފަހި" ޕްރޮގުރާމުގައި ކަންތައްތަކުގެ ތެރޭގައެވެ.
މިކަމާ ގުޅިގެން މީސް މީޑިޔާގައި ނުރުހުން ފާޅުކުރި މީހުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ނެތް އެއްޗެއް ހުރިކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށާ ލިބެން ނެތް އެއްޗެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި ކަމަށް މީހަކު ވަނީ އެކްސްގައި ލިޔެފައެވެ. އަދި އެ ޕޯސްޓުގައި ވަނީ މުރުތައްދުން ތިބެނީ ނިތްކުރީގައި ކުރަލާފައި ކަން ވެސް މިހާރު އެނގިއްޖެކަމަށް ވެސް ބުނެފައެވެ.
ނެއް އެއްޗެއް ، ހުރިކަމަށް ވެސް ބުނި . ލިބެން ނެތް އެއްޗެއް ލިބޭނެ ކަމަށް ވެސް ބުނި. މުރުތައްދުން ތިބެނީ ނިތްކުރީގައި ކުރަލާފައި ކަން ވެސް އެނގިއްޖެ. @alizaid1000 @HKurusee @shizna_shiz @MunaAmina pic.twitter.com/3oDrBaV7Fo
— najeyy 🎈 (@najetzz) July 24, 2024
މީގެ އިތުރުން ވެސް މީހުން ވަނީ ސަރުކާރަށް ފާޑިކޔާފައެވެ. އެގޮތުން މިއީ ރައީސް މުއިއްޒު ދޮގު ހެދިޔަސް ބޮޑުވަރުކަމަށް ވެސް ބުނެފައިވެއެވެ.
Dhogu hedhiyas mee dhen boduvaru @MMuizzu pic.twitter.com/V6zxyCh6bD
— Not Muizzu (@notmuizzu) July 25, 2024
ހަމަ އެހެންމެ ރައީސް މުއިއްޒު ވައުދާ ހިލާފުވެފައިވާ ކަމަށާއި ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ރައްޔިތުން އަތުން ނޭވާލާތީ އާ ދޭ އަތްވަށާ ވެހޭ ވާރެއަށާ ނޭވާލާން އޮކްސިޖަން ބޭނުންކުރާތީ ވެސް ފީ ނަގަންވީނޫންތޯ އަހާ ނުރުހުން އަމާޒުކޮށްފައިވެއެވެ. އަދި މިފަދަ ފީއެއް ނަގަން ފެށުން ބަލައެއް ނުގަނެވޭ ކަމަށާ މިފަދަ ފީތައް ނަގަނީ ސިޔާސީ މީހުންނަށް ބޮޑެތި މުސާރަތައް ނުދެވިގެން ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
Why stop at that? Start charging us for breathing. Charge us for sunlight, rain and oxygen too. At least then you'll have more cash to keep paying the fat salaries of the useless parliament members and political appointees who don’t do shit except take up space and get suspended. https://t.co/epZGcOFCII
— Maahu (@euxiine) July 25, 2024
ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި، އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓު ރީ ޓްވީޓުކޮށް ގިނަ ބަޔަކު ގެންދަނީ ނުރުހުމާ މަލާމާތާ ފާޑުކިޔުން ވެސް އަމާޒުކުރަމުންނެވެ.