theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޔޫތް މިނިސްޓަރ / ރައީސް އޮފިސް
ސިޔާސީ
ޔޫތް މިނިސްޓްރީގައި 73 ސިޔާސީ މުވައްޒަފުން!
Aishath Naja
އައިޝަތު ނަޖާ
25 ޖުލައި 2024
މާލެ ސިޓީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 73 ފަރާތެއްވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނޫގެ ދަށުން "ތޭރަ އޮންލައިން" ގެ ފަރާތުން އެ ވުޒާރާގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރާއިގެ ތަފްސީލް ހޯދުމަށް އެދުނީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

އެހެންކަމުން ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް އެ ވުޒާރާއަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރާއިގެ ތަފްސީލް އެ ވުޒާރާއިން ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު ހިއްސާކޮށްފައެވެ.

ޔޫތު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރަ:

1 މިނިސްޓަރު 66،000 ރފ

1 މިނިސްޓަރ ޕީއޭ 20،000 ރފ

3 ސްޓޭޓް މިނިސްޓަރުން 43،500 ރފ

17 ޑެޕިޔުޓީ މިނިސްޓަރުން 31،500 ރފ

36 ސީނީއަރ ޕޮލިޓިކަލް ޑިރެކްޓަރުން 25،500 ރފ

14 ޕޮލިޓިކަލް ޑިރެކްޓަރުން 20،500 ރފ

1 އ. ޕޮލިޓިކަލް ޑިރެކްޓަރުން 15،500 ރފ

މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1،437،000 ހޭދަވެ އެވެ.


މަތި ލުއި ސަރުކާރެއް ދަމަހައްޓަން ވެރިކަމަށް އައި ސަރުކާރުން ދަނީ އެއްވެސް ހައްދެެއްނެތި މަގާމްތަކަށް މީހުން އައްޔަންކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިހާރުވެސް އެ އަދަދު ވަނީ ފަހަނަ އަޅާގޮސްފައިކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދުގެ ވާހަކަތަކުން ވަނީ ދޭހަވެފައެވެ. އެގޮތުން ހީނާ ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 3000 އަށްވުރެ މަތި ކަމަށް ވިދާޅުވެފައެވެ.

ޔޫތް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއި މުސާރައިގެ ތަފްސީލް
ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?