ޝެއިޚް ނިޝާން / އަވަސް
ހަބަރު
ޔޫތު މިނިސްޓްރީގެ ޓްރެއިނިންގ އެއްގައި ޖިންސު ބަދަލުކުރުމަށް ހިއްވަރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދެއްކުމުން އެކަމާއި ގުޅިގެން ޝެއިޚް ނިޝާންގެ ކަންބޮޑުވުން
23 އޭޕްރީލު 2025

ޔޫތު މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޓްރެއިނިންގެ ޕްރޮގްރާމެއްގައި ޖިންސު ބަދަލުކުރުމުގެ ޢަމަލަށް ހިއްވަރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެކަމާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމް ކަންބޮޑުވުން ފާޅު ކުރައްވާފިއެވެ.


ޝެއިޚް ނިޝާންވަނީ އެކަމާއި ގުޅިގެން ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. އަދި އެ ޕޯސްޓުގައި އެ ޓްރެއިންނިގ ގެ ތެރެއިން ދެކެވުނު ބައެއް ވާހަކަތަކުގެ ފެންނަ ވީޑިއޯއެއްވެސްވަނީ ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި އަންހެން ހަށިގަނޑެއްގައި ފިރިހެނަކު ހައްޔަރުވެފައި ހުރެދާނެކަމަށާއި އަދި ފިރިހެން ހަށިގަނޑެއްގައި އަންހެނަކު ހައްޔަރުވެފައި ހުރެދާނެކަމަށް ފެސިލިޓޭޓަރ ބުނާ މަންޒަރު ފެނެއެވެ.

މިއީ މިއަހަރުގެ ފެބްރުއަރީ މަހު 16-20އަށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓްއިން ކުރިޔަށް ގެންދިޔަ ޓްރެއިނިންގެ...

Posted by Sheikh Adam Nishan bin Ali Adam Al-Maaldheefee on Wednesday, April 23, 2025

މިއީ ޓްރާންސްޖެންޑަރ ލާދީނީ ފިކުރު ޕްރޮމޯޓްކޮށް، ފެތުރުމަށް ދައްކާފައިވާ ވާހަކަ ތަކެއްގެ ގޮތުގައި ޝެއިޚް ނިޝާންވަނީ ސިފަ ކުރައްވާފައެވެ.

އަދި އެ މައްސަލަ ބަލައި، އެ ކަން ކުރި ބަޔަކަށް ފިޔަވަޅު ނާޅާނަމަ، މި ސަރުކާރުވެސް ސިއްކަޖެހިގެން ދާނީ ހަމަ އެފަދަ ލާދީނީ ކަންކަމަށް ތާޢީދުކޮށް ފަތުރާ ބައެއްގެ ގޮތުގައިކަމަށް ޝެއިޚް ނިޝާން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޓްރާންސްޖެންޑަރގެ ނަމުގައި ފަތުރާ ފާޙިޝް ހަޑިމުޑުދާރު ޢަމަލަކީ، ދީނުގައި ބަޔާންވެފައިވާ ޚުންޘާއިންގެ ޙުކުމާއި އެއްވެސް ގުޅުން ހުރި ކަމެއް ނޫންކަމަށްވެސް ޝެއިޚްގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފަ އެވެ.

ޚުންޘާއިންނަކީ އުފަންވުމުގައި ކޮންމެވެސް ވަރަކަށް ދެ ޖިންސުގެ ގުނަވަންތަކާއިއެކު އުފަންވާ މީހުން ކަމާއި މިފަދަ މީހުންގެ ޙުކުމްވެސް ދީނުގައި 2 ބަޔަކަށް ބެހިގެންވާކަމަށް ޕޯސްޓު ނިންމަވާލައްވަމުން ޝެއިޚް ނިޝާންވަނީ ފާހަގަ ކުރައްވާފަ އެވެ.

މިފަދަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައިވާއިރު މި ސަރުކާރުން ވަނީ އެއް ޖިއްސުން ގުޅުން ހިންގުމާ ދަރިން އެބޯޓުކުރުން ފަދަ ފާހިޝް އަމަލުތަކަށް ބާރުދޭ އެގްރިމަންޓެއް ކަމަށްވާ ސަމޯއާ އެގްރިމަންޓުގައިވެސް ސޮއިކޮށްފަ އެވެ.

މީގެ އިތުރުން ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރާ އެއްކޮޅަށް ދާދި ފަހުންވެސް ރާއްޖެއިން ވޯޓު ދިންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved