theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
މި ސަރުކާރުން ޒުވާނުންނަށް ދައްކާ ނަމޫނާއަކީ ވައްކަމާ އޮޅުވާލުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
29 ޖޫން 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ މުސްތަގުބަލުގައިކަމުގައިވާ ޒުވާނުންނަށް ދައްކަމުން ދަނި ނުރަގަޅު ނަމޫނާތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ނަތީޖާ ދަށް ވާހަކަ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާއިރު އެކުދިންގެ ނަތިޖާ ރަގަޅު ކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ސަރުކާރުތަކުގެ އަމަލުތައް ހުންނަ ގޮތުން ތައުލީމު އުނގެނުމަކީ މާ މުހިއްމުކަމެއްގެ ގޮތުގައި ކިޔަވާ ކުދިންނަށް މިސާލު ނުލިބޭ ކަމަށާ އޭގެ ސަބަބުން އިލްމީ ގާބިލު ޒުވާނުން އުފެދުމުގެ ޗާންސް ހަނިވެގެން ދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެފޮތުން ރައީސް ޔާމީން ވަނީ ސިޔާސީ ގޮތުން އުފައްދާ ވަޒީފާތަކުގެ ފުރުސަތު އިލްމީ ޒުވާނުންނަށް ތަނަވަސްނުވާކަން ފާހަގަކުރައްވާފައެވެ.

ކިޔަވައިގެން ނުކުންނަ ޒުވާނުންނަށް މި ސަރުކާރުގައި ފުރުސަތެއް ނެތް. މި ސަރުކާރުން ޒުވާނުންނަށް ދައްކާ ނަމޫނާ އަކީ ވައްކަމާ އޮޅުވާލުން. ކޮންމެ އިންތިހާބަކާ ދިމާކޮށް އެތައް ވަޒީފާއެއް އުފައްދާއިރު، އޭގެން ޒުވާނުންނަށް ލިބޭ ފުރުސަތެއް ނެތް. އިލްމަކީ މުހިއްމު އެއްޗަކަށް ނުވޭ އޭރު. ޒުވާނުންނަށް މި ފެންނަނީ ނުރަގަޅު މިސާލުތަކެއް. ދެން އެކުދިންގެ ނަތީޖާ ދަށްވެގެން ވާހަކަ ދެއްކުމުގެ މާނައެއް ނެތެއްނުންތޯ؟

- ރައީސް ޔާމީން

ރައީސް ޔާމީން ވަނީ މި ސަރުކާރުގައި މިސްރާބެއް ނެތި ލާހޫރެމުންދާކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved