ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވަނީ. / ސްކްރީން އިމޭޖް
ހަބަރު
ޒުވާނުންގެ އިހުތިޖާޖުން ހައްޔަރުކުރި ޝިމަންއާއި މަހްޒޫމް ބަންދުން ދޫކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 މޭ 2025
މާލެ ސިޓީ

މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނުން ކަމަށްވާ މަޙްޒޫމް މާޖިދު (28އ) އާއި އާއިޝަތު ޝިމަން އަހުމަދު (19އ) އެވެ. އެ ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް ޖަހާފަ އެވެ.

ނަމަވެސް އެ ދެ ޒުވާނުން މިރޭ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.

މިރޭ ޒުވާނުން މުޒާހަރާ ކުރަނީ ކާނިވާ ސަރަހައްދުގަ އެވެ. މި ހަރަކާތް ލީޑުކުރުމުގައި އުޅޭ މި ދެ ޒުވާނުން އައުމާއެކު އެތަނަށް އެއްވެ ތިބި ޒުވާނުން ވަނީ މަރުހަބާ ކިޔާފަ އެވެ.

މިއީ ޒުވާނުން މުޒާހަރާ ކުރަމުންދާތާ 11 ވަނަ ރެޔެވެ. އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު މުޒާހަރާއާ ވަނީ ގުޅިފަ އެވެ.

މާލޭގައި ޒުވާނުންތަކެއް އިސްވެ ތިބެ ސިލްސިލާކޮށް މުޒާހަރާކުރަމުން ދަނީ މާލޭގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތު އުސް އިމާރާތަކުން ވެއްޓުނު ޒުވާނަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved