March 10, 2026
Advertisement
ހުޅުމާލެ އިން މަސއތުވާތަކެތި އެކީ ދެމީހަކު ހައްޔަރުކުރުން
ހުޅުމާލެ އިން މަސއތުވާތަކެތި އެކީ ދެމީހަކު ހައްޔަރުކުރުން / ސޯޝަލް މީޑިއާ

ހުޅުމާލެއިން ބަނގުރާ ދަޅުތަކަކާއި އެކު ދެ މީހަކު އަތުލައިގެންފި

Aminath Zara
އައިމިނަތު ޒާރާ
Jul 26, 2024, 12:30 AM
މާލެ ސިޓީ

ހުޅުމާލެއިން ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

Advertisement

މި މައްސަލައާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިވެހި ދެ ފިރެހެނެއް ހައްޔަރުކޮށްފައެވެ. ހުޅުމާލެއިން ހައްޔަރުކޮށްފައިިވަނީ  29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީ ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ވަގުތު، ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކުރުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި  މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved