March 11, 2026
Advertisement
މިނިވަންދުވަހުގެ ހަފްލާގައި ރައީސް މުއިއްޒުގެ ދެކަނބަލުން
މިނިވަންދުވަހުގެ ހަފްލާގައި ރައީސް މުއިއްޒުގެ ދެކަނބަލުން / ރައީސް އޮފިސް

މިނިވަންދުވަހުގެ އިހްތިފާލުން ކުންފުނިތަކުގެ އެމްޑީ އިން ބާކީކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jul 27, 2024, 05:25 AM
މާލެ ސިޓީ

59 ވަނަ މިނިވަންދުވަހުގެ އިހްތިފާލުން ސަރުކާރުގެ  ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ބާކީ  ކުރިކަން ހާމަވެއްޖެއެވެ.

Advertisement

މި ކަން ތޭރައޮންލައިން އަށް ވަނީ ޔަގީންވެފައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ވުޒާރާ ތަކުގެ އެންމެ އާދައިގެ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ވެސް ވަނީ ދައުވަތު ދީފައެވެ.

ނަމަވެސް ޖަލްސާއަށް ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީ އިންނަށް  ދައުވަތު ދީފައިނުވެއެވެ.

މައުލޫމާތު ލިބުނުގޮތުގައި ކުންފުނިތަކުގެ އެމްޑީއިންނަށް ޖަލްސާގައި ބައިވެރިވެވޭތޯ ވެސް ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްފައެވެ.

މިއީ އަލަށް ދިމާވި ކަމެއް ކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން މިގޮތައް ބާއްވާ ޖަލްސާތަކަށް ހުރިހާ ސަރުކާރަކުން ވެސް ކުންފުނިތަކުގެ ބޮޑުންނަށް ދައުވަތު އަރުވައެވެ.

މިފަދަ ބޮޑު ހަފްލާއަކަށް ކުންފުނިތަކުގެ  ވެރިންނަށް ދައުވަތު ނުދެއްވި ސަބަބެއް ހާމަވެފައިނުވެއެވެ.

މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރަމުން ގެންދާއިރު މިނިވަންކަމުގެ އިހުސާސް އެއްވެސް ފަރާތަކަށް ނުކުރެވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީ ހުރިހާ ގޮތަކުން ވެސް މިނިވަންކަން އިހުސާސްކޮށް ދެއްވާނެކަމުގެ ވައުދާއެކުގައެވެ.

ނަމަވެސް އެ މަންޒަރު ނުފެންނާތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved