

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް 58 ސިޔާސީ މުވައްޒަފުން އައްޔަން ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއްކަމަށްވާ "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ
މިނިސްޓަރު - 58,500ރ.
ދެ ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
14 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
28 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
13 ޕޮލިޓިކަލް ޑިރެކްޓަރުން - 20،500ރ.
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1.57 މިލިއަން ރުފިޔާ ހޭދަވެ އެވެ.
އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، އެއީ 18.8 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 94 މިލިއަން ރުފިޔާ އެވެ.
700 އަށްވުރެ ސިޔާސީ މުވައްޒަފުން ގިނަ ނުކުރާނެކަމަށް ވިދާޅުވެ ވެރިކަމަށް އައުމަށްފަހު މިހާރު އެ އަދަދު ވަނީ ފަހަނަ އަޅައިގޮސްފައެވެ.