March 11, 2026
Advertisement
މުލީއާގެ
މުލީއާގެ / ސޯޝަލް މީޑިއާ

މުލިއާގޭގެ މަރާމާތައް 3.6 މިލިއަން ޚަރަދުކުރި

Aishath Naja
އައިޝަތު ނަޖާ
Jul 27, 2024, 07:43 PM
މާލެ ސިޓީ

ރައީސުލްޖުމްހުރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުވެވަޑައިގަންނަވާތީ މުލިއާގެ މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން 3.6 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

Advertisement

މި މައުލޫމާތު ދިނީ ރައީސްގެ ރަސްމީ ގެކޮޅަށް ދިޔަ ހަރަދުގެ ތަފުސީލު ދިނުމަށް އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުންނެވެ.

ރައީސް އޮފީހުގެ ޖަވާބުގައި ބުނީ ނޮވެމްބަރު 17، 2023 އިން ފެށިގެން މުލީއާގޭގެ މަރާމާތުގެ އެކި ކަންކަމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 3،607،711ރ. ހަރަދުކޮށްފައިވާކަމަށެވެ.

ނައިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގެއެކޭ އެއްގޮތަށް މުލީއާގޭގެ މަރާމާތުގެ މަސައްކަތްވެސް ކުރަނީ އެސްޓީއޯ އިންކަން ފާހަގަކޮށްލެވެއެވެ.

މި ވެރިކަމުގައި ހިލާލީގޭގެ މަރާމާތައްވެސް ޖުމްލަ 5،486،248ރ. ވަނީ ހަރަދުކޮށްފަ އެވެ.

ހަރަދުވީ ފައިސާގެ އަދަދާއެކީ ރައީސް އޮފީހުން ވަނީ ވަކި ވަކި ބިލުތަކަށް އެރި އަދަދުތައް ވެސް ހިއްސާކޮށްފަ އެވެ.

ނަމަވެސް އެ ބިލުތަކުގައި ހަރަދުކުރި ކަންކަމުގައި ތަފުސީލު ހިމަނާފައިވާ ނުވާތީ މުލީއާގެއަށް ރައީސް ބަދަލުވެވަޑައިގަންނަވަން ކުރީ ކޮން ކަހަލަ މަރާމާތެއް ކަމެއް ސާފުވެފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved