April 9, 2026
Advertisement
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަކަން ޔަގީން ވެއްޖެ
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަކަން ޔަގީން ވެއްޖެ / ރައީސް އޮފިސް

ރައީސް މުއިއްޒު ވައުދާ ޚިލާފު، ސިޔާސީ މަގާމުތައް 700 އަށް ވުރެ މަތިކަން ޔަގީންވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 28, 2024, 09:22 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ވައުދުވެވަޑައިގެންނެވި ގޮތާ ޚިލާފަށް ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވެގެން ހިންގައްޖެކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫސް "އަދަދު"ން ވަނީ 2023 ނޮވެމްބަރު 17 އިން 2024 މެއި 1 ވަނަ ދުވަހާ ހަމައަށް ރައީސް އޮފީހާއި އަދި ހުރިހާ މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން އެދިފައެވެ.

އެކަމަށް އެދުމުން 19 މިނިސްޓްރީއަކުން ޖަވާބު ލިބިފައިވާ ކމަށް އަދަދުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެޑިއުކޭޝަން މިނިސްޓްރީނއ ވަނީ މައުލޫމާތު ދިނުމާ ދެކޮޅު ހަދާފައެވެ. ނަމަވެސް އިންފޯމޭޝަން ކޮމިޝަނރުގެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެޑިއުކޭޝަން އިން މައުލޫމާތު ހިއްސާކުރަން އެއްބަސްވި ނަމަވެސް އަދި އެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް އަދަދުން ހާމަކޮށްފައިވެއެވެ.

ބާކީ 18 މިނިސްޓްރީއިން ހާމަކުރި މައުލޫމާތަށް ބަލާއިރު ރައީސް އޮފީސް ނުލާ ސަރުކާރުގައި މިވަގުތަށް 799 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ.

އެ މަގާމުތަކުގެ ތަފްސީލަށް ބަލާއިރު:

  1. ޑިފެންސް މިނިސްޓްރީ - ހަތް ސިޔާސީ މުވައްޒަފުން
  2. ފޮރިން މިނިސްޓްރީ - 16 ސިޔާސީ މުވައްޒަފުން
  3. ހޯމްލޭންޑް މިނިސްޓްރީ - 53 ސިޔާސީ މުވައްޒަފުން
  4. ފިނޭންސް މިނިސްޓްރީ - 18 ސިޔާސީ މުވައްޒަފުން
  5. ހެލްތު މިނިސްޓްރީ - 26 ސިޔާސީ މުވައްޒަފުން
  6. އިކޮނޮމިކް މިނިސްޓްރީ - 34 ސިޔާސީ މުވައްޒަފުން
  7. ފިޝަރީޒް މިނިސްޓްރީ - 39 ސިޔާސީ މުވައްޒަފުން
  8. ޓުއަރިޒަމް މިނިސްޓްރީ - 29 ސިޔާސީ މުވައްޒަފުން
  9. ޖެންޑާ މިނިސްޓްރީ - 66 ސިޔާސީ މުވައްޒަފުން
  10. ސްޕޯޓްސް މިނިސްޓްރީ - 195 ސިޔާސީ މުވައްޒަފުން
  11. އެންވަޔަރަމަންޓް މިނިސްޓްރީ - 47 ސިޔާސީ މުވައްޒަފުން
  12. ކަލްޗާ މިނިސްޓްރީ - 35 ސިޔާސީ މުވައްޒަފުން
  13. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ - 32 ސިޔާސީ މުވައްޒަފުން
  14. އިންފްރާސްޓްރަކްޗާ މިނިސްޓްރީ - 40 ސިޔާސީ މުވައްޒަފުން
  15. އެގުރިކަލްޗާ މިނިސްޓްރީ - 31 ސިޔާސީ މުވައްޒަފުން
  16. ޔޫތު މިނިސްޓްރީ - 71 ސިޔާސީ މުވައްޒަފުން
  17. ޓްރާންސްޕޯޓް މިނިސްޓްރީ - 58 ސިޔާސީ މުވައްޒަފުން
  18. އެޓާނީ ޖެނެރަލްގެ އޮފީސް - ދެ ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ.މީގެ ތެރެއިން ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތަކީ މި ސަރުކާރުގައި އެކި އެމްބަސީތަކުގައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދުތައް ނުހިމަނާ ދީފައިވާ ހިސާބުތަކެކެވެ. އަދި ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ އޮފީހުގެ ވެބް ސައިޓުން އެ އޮފީހުގެ ސިޔާސީ މަގާމުތަކުގެ ތަފްސީލު ފެންނަން ހުންނާނެއެވެ. ނަމަވެސް އެ އޮފީހުގެ ވެބްސައިޓު އަދާހަމަކުރަން ޑައުންލޯޑް ކޮށްފައިވާކަން ފަހަރުގައި އޮފީހުގެ ވެރިން ހަނދުމަ ނެތުނީ ކަމަށް ވެދާނެއެވެ.

އެހެންކަމުން މި އަދަދުތައް ހާމަނުކުރާ 4 ވުޒާރާ އާ ރައީށް އޮފީސްވެސް ނުލާ، ސިޔާސީ މުވައްޒަފުންގެ އަދަދު މިވަނީ ރައީސްގެ ވައުދާ ޚިލާފަށް އިތުރުކޮށްފައިކަން މިވަނީ ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved