ރޭ ރޯވި އިމާރާތުގެ ކުރިމަތީގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.
ރޭ ރޯވީ މާފަންނުގައި ހުންނަ ފަޅުގެއެއް ކަމަށްވާ އޯކިޑް ޕްލާޒާގަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ ރޯވެގެން އުޅުނު ވަގުތު އެ އިމާރާތުގެ ކުރިމަތީގައި މާރާމާރީ ހިންގި ދިވެހި ފިރިހެނެއް ކަމަށެެވެ.
ނަމަވެސް އެ މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އަދި އެ މާރާމާރީ ހިނގީ ކީއްވެގެން ކަމެއް ވެސް ސާފެއް ނުވެއެވެ.