

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ޕީއެންއެފް އިން ބުނީ ޖަލްސާ މިރޭ 8:45ގައި ފްރަންޓު އޮފީހުގައި އޮންނާނެ ކަމަށެވެ.
މި ޖަލްސާގައި ރާާއްޖޭގައި ހުރި މައްސަލަތަކަށް ބަލާ ކަމުވޮށިގެންވާ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ޕިއެންއެފުން ހާމަކޮށްފައިވެއެވެ.
ޖަލްސާ އޮންނާނީ ހ. ދޫވެހި ފުރަތަމަ ފަންފިގާލާގައި ހުންނަ ދަ ފްރޮންޓު އޮފީހުގައެވެ.
ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް ފާހަގަކުރެއެވެ.
މީގެ އިތުރުން، މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.