theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މެމްބަރު ޝުޖާއު ރައީސް މުއިއްޒު އަރިހުގައި / ސީއެންއެމް
ހަބަރު
ޚަރަދު ކުޑަކުރަން ރައްޔިތުންނަށް ގަރުދިޔަ، ޝުޖާއުއަށް 3.9 މިލިއަން!
Mariyam Isaadha
މަރިޔަމް އިސާދާ
29 ޖުލައި 2024
މާލެ ސިޓީ

ދިވެހި ދައުލަތުގައި ފައިސާ ނެތް ކަމަށާ ބޮޑެތި ބޭކާރު ކަރަދުތައް ނުކުރަން ފިނޭންސްް މިނިސްޓްރީއާ ދުނިޔޭގެ މާލީ އިދާރާތަކުންވެސް ލަފާ ދީފައިވަނިކޮށް މިއަހަރުގެ ސްޕޯޓްސް އެވޯޑްގެ އިވެންޓް މެނޭޖް ކުރަން، ޕީއެންސީގެ ޕޯޑިއަމްގައި އެންމެ އަޑު ގަދަކުރާ މެމްބަރު އިބްރާހިމު ޝުޖާއުގެ ކުންފުންޏަށް ދީފިއެވެ.

އެެގޮތުން ސްޕޯޓްސް އެވޯޑްސްގެ އިވެންޓު މެނޭޖުކުރަން ދީފައިވަނީ ޝުޖާއުގެ އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ހަމަކޮށްފައެވެ.

އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކީ ޝުޖާއުކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެކުންފުނީގެ ބޯޑުގެ އަނެއް ޑިރެކްޓަރަކީ އަހްމަދު އަދުހަމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕޯޓްސް އެވޯޑުގެ އިވެންޓް މެނޭޖްކުރަން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއަށް ހަވާލުކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާއަށެވެ.

ސްޕޯޓްސް އެވޯޑްސްގެ އިވެންޓު މެނޭޖުކުރުމަށް ޝުޖާއުގެ ކުންފުންޏަށް ބޮޑު އަދަދެއް ދީފައިވާއިރު، ގައުމުގެ އިގްތިސޯދީ ހާލަތު ގޯސްކަމުން ރައްޔިތުން ދަށް ފަންތީގެ ދިރިއުޅުމަކަށް ތިރިވެލާ ގަރުދަޔައާ ބަތާ ކާން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ގޮވާލާފައިވެއެވެ.

އެކަމާ ގުޅިގެން ގިނަ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް ސަރުކާރުން މިވަނީ އަނެއްކާވެސް ސަރުކާރުގައި ފައިސާ ހުރިކަން ހާމަކޮށްފައެވެ. އެހެން ނޫންނަމަ ނެތް ފައިސާއެއްގައި މިވަރުގެ ބޮޑު އިވެންޓެއް ބާއްވާ ސަރުކާރުގެ މަސްލަހަތު އޮތް މެމްބަރެއްގެ ކުންފުންޏަކަށް މިވަރުގެ ބޮޑު އަދަދެއް ނުދޭނެކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ޕީއެންސީގެ ސަރުކާރު އައިސް ޝުޖާއުގެ ކުންފުންޏަށް ސަރުކާރުގެ ގިނަ އިވެންޓުތައް މެނޭޖުކުރަން ދެމުން ގެންދާތީ އާންމުންވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. އެ ފާޑުކިޔުންތަކަށް ޝުޖާއު ވަނީ ޕީއެންސީ ޕޯޑިއަމްގައި ރައްދުވެސް ދީފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Moad
30 ޖުލައި 2024, 15:08
Sujata ah minivandhuvahuge jalsaaves dheefa inee
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?