March 19, 2026
Advertisement
ވަކީލު އާސިފް ޕީއެންއެފް ޖަލްސާގައި
ވަކީލު އާސިފް ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީންގެ މައްސަލަތަކަށް މިހާރު ނުފޫޒު ފޯރުވަނީ ރައީސް އޮފީހުންނާ މުރައިދޫ ގަނޑުވަރުން: ލޯޔަރ އާސިފު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 30, 2024, 02:41 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތަކަށް މިހާރު ނުފޫޒު ފޯރުވަނީ ރައީސް އޮފީހުންނާ މުރައިދޫ ގަނޑުވަރުންކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އާދަމް އާސިފު ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި އޮތް ޖަލްސާގައި ހޯމަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން އާސިފް ވަނީ ރައީސް ޔާމީނަށް އަނެއްކާވެސް ނުހައްގުން އަނިޔާވެރިވާން މި ސަރުކާރުގެ އިސް ސަފުން މަސައްކަތް ފަށާފައިވާ ކަމަށާ އެގޮތުން އާރަށުގެ މައްސަލަ އަލުން ކުރިމިނަލް ކޯޓުގައި އޮގަސްޓު މަހުގެ 20 ވަނަ ދުވަހަށް ތާވަލްކޮށްފައިވާކަން އާސިފް ހާމަކުރައްވާފައިވެއެވެ.

އާސިފް ވަނީ މިސަރުކާރުން އައިސް އެމްޑީއެން ހުސެއިން ޝަމީމު މަގާމުގައި ބަހައްޓަން ޑީލު ހެދީވެސް ރައީސް ޔާމީނަށް އަނިޔާވެރިވުމަށް އެއްބަސްވުމުން ކަމަށާ އެކަމުގެ ހެއްކަކަކީ މަޖިލީހުގެ ޗީފު ބިއުރޯގެ މަގާމަށް އައްޔަންކުރި އަހުމަދު ނިހާން ހުސެއިން މަނިކު އެ މަގާމަށް އައްޔަންކުރުމުގެ ވަގުތުކުޑަތަން ވެފައިވަނިކޮށް އޭނާގެ މައްސަލަވެސް އނަބުރާ ގެންދިއުން ކަމަށް ވެސް އާސިފް ވިދާޅުވެފައިވެއެވެ.

މަޖިލިސް ބިއުރޯގެ ޗީފުގެ މައްސަލަތައްވެސް ކުއްލިއަށް ބޭރުވާއިރު ރައީސް ޔާމީންގެ މައްސަލަތަކަށް މަޑުޖެހުމެއް ނާދޭ. އަލުން މައްސަލަތައް ނަގާ މިހާރު ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފި. ނުފޫޒު ފޯރުވަނީ ރައީސް އޮފީހާ މުރައިދޫ ގަނޑުވަރުން

އާސިފް

އާސިފް ވިދާޅުވެފައިވަނީ ރައީސް ޔާމީން ވިދާޅުވި ބާޒުތަކަކީ ކޮބައިކަން މިހާރު ވަރަށް ރަގަޅަށް ހާމަވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved