ކޮރަޕްޝަނާ ދެކޮޅު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އަމަލުން އެކަން ނުފެންނާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހޯމަ ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގެ ތެރެއިން ގައުމުގެ ކަންކަން ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒުގެ އަރިސް މީހުންގެ އާއިލާތަކަށް ސަރުކާރުންނާ ކުންފުނިތަކުންނާ އެމްބަސީތަކުން ވަޒީފާދީ އެ ބޭފުޅުންގެ ފަރާތުން ދައުލަތުގެ މުދަލުންނާ ފައިސާއިންވެސް ޚިޔާނާތްތައް ވެސް ހިންގަމުން ދާ ކަމަށެވެ.
ނަމަވެސް އެކަންކަން މީޑިޔާތަކުން ތިލަ ކުރާ އިރުވެސް މި ސަރުކާރުގެ މުއައްސަސާތަކުންވެސް މައްސަލަ ނުބެލުމަކީ ކޮރަޕްޝަނަށް ޖާގަދީގެން މުޅި ދައުލަތް ބަލަން ތިބުން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ވަޖީހު ގެންދަނީ އެމްޕީއެލްގައި ހުރެ ޚިޠާނާތް ހިންގަމުން. އަދުރޭ ގެންދަނީ މުޅި ދައުލަތް ލޫޓޫވާ އާއިލާއާ ވަޒީފާ ދެމުން. ރައީސް މުއިއްޒު ގެންދަވަނީ މުލިއާގޭ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބަހަމުން. ރައީސް މުއިއްޒު އެކަމަކު މި ވިދާޅުވަނީ ކޮރަޕްޝަނާ ދެކޮޅު ކަމަށް. އަމަލުން ފެންނަނީ އެހެން ނޫން އެކަމަކު
ޑރ. ޖަމީލު ވަނީ ސަރުކާރުގެ ބަހާ އަމަލާ ދިމާނުވާތީ ރައްޔިތުން މިހާރު މާޔޫސްވެ ސަރުކާރާ މެދު އުއްމީދު ކަނޑަލާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.